ކުރިޔަށް އޮތް 5 އަހަރަށް ތައްޔާރުކުރާ ރަށު ތަރައްޤީ ޕްލޭން ހެދުމުގެ މަސައްކަތް 13 ނޮވެމްބަރ 2016 ވީ ހޯމަ ދުވަހުގެރޭ 8:45 ގައި ފައިނު ސުކޫލް ގައި ފަށައިފިއެވެ. މިޕްލޭން ހެދުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ 13 ނޮވެމްބަރ 2016 އިން 19 ނޮވެމްބަރ 2016 ވަނަ ދުވަހުގެ ނިޔަލަށެވެ. ޕްލޭން ހެދުމުގެ މަސައްކަތް ކުރިޔަށް ދާނީ ގުރޫޕް ތަކަކަށް ބަހައިލައިގެންނެވެ. ރަށުގެ އެކިއެކި
ދާއިރާތަށް ހިމަނައިގެން މިކުރިޔަށްދާ ބައްދަލްވުނުންތައް ކޮންމެ ރެއަކުވެސް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަށު ތަރައްޤީ ޕްލޭހެދުމުގެ މަސައްކަތް ކުރެވެމުންދާނީ ޕްލޭން އެކުލަވާލުމަށް ކަނޑައެޅިފައިވާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ. ރަށުތަރައްޤީ ޕްލޭން ހެދުމުގެ މަސައްކަތު ބައްދަލްވުން ނިމުމުން ތަރައްޤީ ޕްލޭން އެކުލަވާލުމަށް ކަނޑައެޅިފައިވާ ކޮމިޓީގެ ބެލުމުގެ ދަށުން ތަރައްޤީ ޕްލޭން އެކުލަވާލާ އެޕްލޭންގެ ޑްރާފްޓް ރައްޔިތުންނަށް ހުށަހަޅޭނެއެވެ. ރަށު ތަރައްޤީޕްލޭނަށް ޚިޔާލުހުށަހެޅުމުގެ ފުރުސަތު ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް ވަނީ ހުޅުވާލެވިފައެވެ. .