ދިވެހި ރާއްޖެ އިސްލާމްވީ ދުވަސް މިއަހަރު ފާހަގަ ކުރުމަށްޓަކައި ރަށު ފެންވަރުގައި ޙަރަކާތްތަކެއް ކުރިޔަށް ގެންދިޔުމާއި ގުޅޭގޮތުން ރަށުގައިހުރި ދަޢުލަތުގެ މުޢައްސަސާތަކާއިއެކު މިއަދު ބައްދަލުވުމެއް ބާއްވައިފިއެވެ. ސަރުކާރުން މިދުވަސް ފާހަގަ ކުރުމަށް ހިންގުމަށް އަންގަވާފައިވާ ކަންތައްތަކާއި އަދި އޭގެ އިތުރަށް ރަށު ފެންވަރުގައި ހިންގިދާނެ ޙަރަކާތްތަކާއި ގުޅޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވެއެވެ. މިދުވަސް ފާހަގަ ކުރުމަށް މިސްކިތް ސާފުކުރުމުގެ ޕްރޮގްރާމަކާއި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ކުރިޔަށް ގެންދިޔުމަށް ސަރުކާރުން ވަނީ އަންގަވާފައެވެ.
