އޮންލައިން ހިދުމަތްތައް

ކޯސްޓަލް ކްލީންއަޕްޑޭ ފާހަގަކުރުން

19 ސެޕްޓެމްބަރ 2017އިޢުލާން
ކޯސްޓަލް ކްލީންއަޕްޑޭ ފާހަގަ ކުރުމުގެ ގޮތުން މިހިނގާ ސެޕްޓެމްބަރ މަހުގެ 16 އިން ފެށިގެން 1 ހަފްތާގެ މުއްދަތަށް ރާއްޖޭގައި ހިންގާ ޕްރޮގްރާމްގައި 21 ސެޕްޓެމްބަރ 2017 ވާ ބުރާސްފަތި ދުވަހު މިރަށުގައި ތިރީގައި މިދަންނަވާ ޙަރަކާތްތައް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިޙަރަކާތުގައި އިސްވެ އުޅުއްވާނީ ރަށުގައިހުރި މުޢައްސަސާތަކުގެ މުވައްޒަފުންނާާއި، ސްކޫލްގެ ދަރިވަރުންނާއި ޓީޗަރުންނެވެ.
ވީމާ، މިޙަރަކާތްތަކުގައި ރަށުގެ ލޮބުވެތި ރައްޔިތު އެންމެހާ ބޭފުޅުން ބައިވެރިވެވަޑައިގެން ދެއްވުމަކީ މިއިދާރާގެ ވަރަށްބޮޑު އެދުމެއްކަމުގައި ދެންނެވީމެވެ.
  • 21 ސެޕްޓެމްބަރ 2017 ވަނަ ދުވަހުގެ ހެނދުނު 7:30 ން 11:30 އަށް ރަށުގެ ވަށައިގެންވާ ގޮނޑުދޮށުގެ ހޭޅިފަށް ސާފުކުރުމާއި ބަނދަރު ސާފުކުރުން.
ނަންބަރު: 2017/1