އޮންލައިން ހިދުމަތްތައް

ކައުންސިލްގެ ޚިދުމަތްތައް ހޯދުމުގައި އަމަލު ކުރާނެ ގޮތުގެ ޗާޓަރު

  • އޮފީހުގެ ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން

    • ރަސްމީ ދުވަސްދުވަހު ހެނދުނު 8:00 ން 14:00 އަށް ޚިދުމަތް ހޯދަން ކައުންސިލަށްގުޅުއްވާ ފަރާތްތަކަށް ޚިދުމަތް ލިބިވަޑައިގަންނަވާނެ.
    • ކައުންސިލްގެ ރަސްމީފޯނަށް އަންނަ ފޯނުކޯލުތަކަށް ލަސްވެގެން 3 ރިންގުން ޖަވާބު ދެވޭނެ.
    • ޚިދުމަތް ހޯދަން ގުޅިފަރާތުން ބޭނުންވާ ޚިދުމަތެއް އޮޅުން ފިލުވައި، ބޭނުންވާ ޚިދުމަތާ ބެހޭ މުވައްޒަފަށް ކޯލް ޕާސްކުރުން، ނުވަތަ އެކަމަކާ ގުޅިގެން ދޭންޖެހޭ ޖަވާބެއް ދެވޭނެ.

  • އެންޓްރީކުރުމާއި، ޢާންމުފަރާތްތަކުން ހުށަހަޅާ ސިޓީތަކަށް ޖަވާބުދާރީވުން

    • އޮފީހަށް ލިބޭ ލިޔެކިޔުންތައް ރަސްމީ 2 ދުވަހުގެ ތެރޭގައި އެންޓްރީކޮށް ކަމާގުޅޭ ސެކްޝަނަށް ފޯރުކޮށްދެވޭނެ.
    • އުސޫލީ މައްސަލަތަކާއި، ދައުލަތުގެ މުއައްސަސާއަކުން މަޢުލޫމާތު ހޯދަން ނުޖެހޭ މައްސަލަތަކަށް، ގިނަވެގެން ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެ.
    • ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ޖަވާބު ނުދެވޭނަމަ، ޖަވާބުދިނުން ލަސްވާ ސަބަބު އޮޅުންފިލުވައިދެވޭނެ، ނުވަތަ ވަގުތީ ޖަވާބެއް ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ދެވޭނެ.
    • ދައުލަތުގެ އެހެން މުއައްސަސާއަކުން މަޢުލޫމާތު ހޯދައިގެން ޖަވާބު ދެވޭނެ މައްސަލަތަކަށް، ރަސްމީ މަސައްކަތު 3 ދުވަހާއި، 15 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ޖަވާބު ދެވޭނެ.

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އައިޑީކާޑު ހެއްދުން

    • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމަށް އެދޭފޯމު ކޮންމެ ރަސްމީ ދުވަހެއްގެ 9:00 އިން 13:00 ށް ކައުންސިލް އިދާރާގެ ކައުންޓަރުން ބަލައިގަނެވޭނެއެވެ. އައިޑީކާޑު ހެއްދުމަށް އެހެން ރަށްރަށުން ވަޑައިގަންނަވާ ބޭފުޅުންގެ ފޯމް އެރަށެއްގެ ކައުންސިލް އިދާރާއިން މިއިދާރާއަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމުން ބަލައިގަނެވޭނެއެވެ. ކައުންސިލް އިދާރާގެ ކައުންޓަރުންނާއި ވެބްސައިޓުން، އަދި ޑީ.އެން.އާރު ގެ ވެބްސައިޓުން ފޯމުލިބެން ހުންނާނެއެވެ.
    • ކައުންސިލް އިދާރާއަށް ފޯމުލިބޭތާ ރަސްމީ 3 ދުވަސްތެރޭގައި، ކާޑުހެދުމަށް ބޭނުންވާ ލިޔެކިއުމާއި މަޢުލޫމާތު ހޯދައި ފުރިހަމަކުރުމަށްފަހު، އައި.ޑީ.ކާޑު ހެދުމަށްޓަކައި ޑީ.އެން.އާރަށް ފޮނުވޭނެއެވެ.
    • އަތޮޅުކައުންސިލަށް ލިބިފައިހުރި އައި.ޑީ ކާޑުތަކުގެ މަޢުލޫމާތު އަންގާ ދުވަހުން ފެށިގެން ރަސްމީ 2 ދުވަސްތެރޭގައި އެކަން ކާޑު ހެއްދި ފަރާތަށް އަންގާ ކާޑު ގެނައުމުގެ މަސައްކަތް ދާގޮތުގެ މަޢުލޫމާތު ހިއްސާކުރަންވާނެއެވެ.
    އައިޑީކާޑް ހެއްދުމަށް އެދޭ ފޯމް

  • 65 އަހަރު ފުރުމުން ޕެންޝަނަށް ފޯމު ފޮނުވުން

    • ރަށުގެ ރަޖިސްޓްރީގައި ހިމެނޭ މީހުންގެ ތެރެއިން ޢުމުރުން 65 އަހަރު ފުރޭ ފަރާތްތަކަށް، 65 އަހަރު ފުރުމުގެ 3 މަސް ކުރިން ކައުންސިލް އިދާރާއިން އެކަން އެންގޭނެއެވެ.
    • ޕެންޝަނަށް އެދޭ ފޯމް، ކޮންމެ ރަސްމީ ދުވަހެއްގެ 9:00 ން 13:00 ށް ކައުންސިލް އިދާރާއިން ބަލައިގަނެވޭނެއެވެ. އީމެއިލްގެ ޒަރީޢާއިންވެސް ފޯމު ހުށަހެޅިދާނެއެވެ. އީމެއިލް މެދުވެރިކޮށް ހުށަހެޅި ނަމަވެސް ފުރިހަމަ ކުރަންޖެހޭ އެހެން މަޢުލޫމާތެއް ވާނަމަ ކައުންސިލް އިދާރާއަށް ދުރުވެ ފުރިހަމަ ކުރަންވާނެއެވެ.
    • ކައުންސިލް އިދާރާއަށް ފޯމު ލިބޭތާ ރަސްމީ 3 ދުވަހުގެ ތެރޭގައި، ބޭނުންވާ ލިޔެކިއުންތައް ހަމަކުރުމަށްފަހު ޕެންޝަން އޮފީހަށް ފޮނުވޭނެއެވެ.
    ޕެންޝަން އޮފީހަށް ކައުންސިލް އިދާރާއިން ފޮނުވާ ފޯމުތަކަށް ލިބޭ ޖަވާބުތަކާއި މަޢުލޫމާތު، ރަސްމީ 1 ދުވަހުގެތެރޭގައި އެފަރާތްތަކާ ޙިއްޞާކުރެވޭނެއެވެ.

  • އެކަނިވެރިމައިންގެ ފޯމު ފޮނުވުން

    • ފަޤީރު ޙާލަތުގައި ދިރިއުޅޭ، އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީއަށް އެދި ހުށަހަޅާ ފޯމު، ކޮންމެ ރަސްމީ ދުވަހެއްގެ 9:00 ން 13:00 ށް ކައުންސިލް އިދާރާގެ ކައުންޓަރުންނާއި އީމެއިލްގެ ޒަރީޢާއިން ބަލައިގަނެވޭނެއެވެ.
    • އެކަނިވެރިމައިން/ބަފައިންގެ ފޯމު ކައުންސިލް އިދާރާއަށް ލިބޭތާ ރަސްމީ 3 ދުވަހުގެތެރޭގައި، ބޭނުންވާ ލިޔެކިއުމާއި މަޢުލޫމާތު ހޯދުމަށްފަހު، ދަފުތަރު ކުރުމާއިއެކު އެހީ ހަމަޖައްސައިދިނުމަށް އެންސްޕާ އަށް ފޮނުވޭނެއެވެ.
    • އެންސްޕާއަށް ކައުންސިލް އިދާރާއިން ފޮނުވާ ފޯމުތަކާގުޅިގެން ލިބޭ ޖަވާބުތަކާއި މަޢުލޫމާތު ރަސްމީ 1 ދުވަހުގެ ތެރޭގައި އެފަރާތްތަކާ ޙިއްޞާކުރެވޭނެއެވެ.

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފޯމުލުން

    • ނުކުޅެދުންތެރިކަން ހުންނަ މީހުން ދަފުތަރުގައި ހިމެނުމާއި މާލީ އެހީތެރިކަމަށް އެދޭފޯމް، ކޮންމެ ރަސްމީދުވަހެއްގެ 9:00 ން 13:00 ށް ކައުންސިލް އިދާރާގެ ކައުންޓަރުން ނުވަތަ ޢީމެއިލްގެ ޒަރީޢާއިން ބަލައިގަނެވޭނެއެވެ.
    • ކައުންސިލް އިދާރާއަށް ފޯމު ލިބޭތާ ރަސްމީ 3 ދުވަހުގެ ތެރޭގައި، ބޭނުންވާ ލިޔެކިއުމާއި މަޢުލޫމާތު ހޯދައި، ދަފްތަރުކުރުމާއި، މާލީ އެހީ ހަމަޖެއްސުމަށް އެންސްޕާ އަށް ފޮނުވޭނެއެވެ.
    • އެންސްޕާއަށް ކައުންސިލް އިދާރާއިން ފޮނުވާ ފޯމުތަކާގުޅިގެން ލިބޭ ޖަވާބުތަކާއި މަޢުލޫމާތު ރަސްމީ 1 ދުވަހުގެ ތެރޭގައި އެފަރާތްތަކާ ޙިއްޞާކުރެވޭނެއެވެ.

  • ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން

    • މަރުފޯމު ކައުންސިލް އިދާރާއަށް ހުށަހެޅުމުން، ކަށުކަމާކެމީގެ ކަންކަމަށް އިންތިޒާމް ކުރުމަށް ކަނޑައަޅާފައިވާ ފޯކަލްޕޮއިންޓަށް މަރުފޯމު ލިބުމުން، 1 ގަޑި އިރުތެރޭގައި ޖަނާޒާގެ ކަންކަން އެއާއިލާއަކުން ބޭނުންވާގޮތަކަށް ހަމަޖައްސައިދިނުމަށް މަގުފަހިކޮށްދެވޭނެއެވެ.

  • މަރުވާ މީހުން ރަށްވެހިންގެ ރަޖިސްޓްރީ އިން އުނިކުރުން

    • މަރުފޯމް ހުށަހެޅުން.
    • ރަސްމީ ބަންދުނޫން 3 ދުވަސް ތެރޭގައި ކައުންސިލްގެ ރަޖިސްޓްރީން އުނިކުރުމަށް ފަހު، ނިޔާވެފައިވާކަމުގެ ލިޔުން (މަރުފޯމް) ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އަށް ފޮނުވުން.
    • މަރުވިމީހާ ރަށްވެހިވެފައިވާ "ރަށްވެހީންގެ ރަޖިސްޓްރީ" ގެ އަސްލު 3 ދުވަސްތެރޭގައި ކައުންސިލާ ހަވާލުކުރުން.
    • މަރުވިމީހާގެ ނަން ރަޖިސްޓްރީއިން އުނިކުރުމަށް ފަހު ހަމަ އެދުވަހު އަނބުރާ ގޭގެ ވެރިފަރާތާ ރަޖިސްޓްރީ ހަވާލުކުރެވޭނެއެވެ.

  • އުފަންދުވަހުގެ ރަޖިސްޓްރީ ހެދުން އަދި އުފަންދުވަހުގެ ސެޓްފިކެޓް ހެދުން ( އަލަށް އުފަންވާ ކުދިންގެ )

    • އުފަންދުވަހުގެ ރަޖިސްޓްރީ / އުފަންދުވަހުގެ ސެޓްފިކެޓް އަދި ރަށްވެއްސަކަށް އެދޭ ފޯމް ހުށަހެޅުން.
    • މަތީގައިވާ ފޯމް ހުށަހަޅުއްވާއިރު ތިރީގައިމިވާ ލިޔެކިއުންތައް ހުށަހެޅުން. - ނަން ފާސްކުރާ ފޯމް
    - މަންމައާއި ބައްޕަގެ އައިޑީކާރޑް ކޮޕީ، ކައިވެނީގެ ސެޓްފިކެޓް ކޮޕީ ނުވަތަ ވަރީގެ ސެޓްފިކެޓްގެ ކޮޕީ.
    • ހޮސްޕިޓަލް ނުވަތަ ސިއްޙީމަރުކަޒުން ފޫޅުމާފޯމް އެންޓަރ ކޮށްފައިވާނަމަ، ރަސްމީ ބަންދުނޫން 3 ދުވަސް ތެރޭ ސެޓްފިކެޓް ހައްދައިދެވޭނެ.
    އުފަންދުވަހުގެ ރަޖިސްޓްރީ، އުފަންދުވަހުގެ ސެޓްފިކެޓް އަދި އުފަންވާ ކުދިން ރަށްވެއްސަކަށް ވުމަށް އެދޭ ފޯމް ރަށްވެއްސަކަށް ވުމަށް އެދޭ ފޯމް

  • އުފަންދުވަހުގެ ސެޓްފިކެޓް ހެދުން ( އަލަށް އުފަންވާ ކުދިން ނޫން )

    • އުފަންދުވަހުގެ ރަޖިސްޓްރީ / އުފަންދުވަހުގެ ސެޓްފިކެޓް އަދި ރަށްވެއްސަކަށް އެދޭ ފޯމް ހުށަހެޅުން.
    • މަތީގައިވާ ފޯމް ހުށަހަޅުއްވާއިރު ތިރީގައިމިވާ ލިޔެކިއުންތައް ހުށަހެޅުން. - ސެޓްފިކެޓް ހަދާ ފަރާތުގެ އައިޑީކާޑް ކޮޕީ
    • ފޯމް ހުށަހަޅާ ތާރީޚުން ފެށިގެން ބަންދުނޫން 3 ދުވަސް ތެރޭ ސެޓްފިކެޓް ހައްދައިދެވޭނެ.
    އުފަންދުވަހުގެ ރަޖިސްޓްރީ، އުފަންދުވަހުގެ ސެޓްފިކެޓް އަދި އުފަންވާ ކުދިން ރަށްވެއްސަކަށް ވުމަށް އެދޭ ފޯމް ރަށްވެއްސަކަށް ވުމަށް އެދޭ ފޯމް

  • ރަޖިސްޓްރީ ވެފައިވާ އެޑްރެސް ބަދަލުކުރުން

    • ރަށުގައި ރަޖިސްޓްރީ ވެފައިވާ އެޑްރެސް ބަދަލު ކުރަން ބޭނުންވާކަން ބަޔާންކޮށް، ރަޖިސްޓްރީ ބަދަލު ކުރަން ބޭނުންވާ ފަރާތްތަކުގެ މައުލޫމާތާއި ބަދަލުވާން ބޭނުންވާ އެޑްރެހުގެ މައުލޫމާތާއިއެކު ގޭގެ ވެރިފަރާތުން ސިޓީއަކުން ހުށަހެޅުން
    • ސިޓީއާއިއެކު ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތުގެ އައިޑީކާޑު ކޮޕީ ހުށަހަޅަންވާނެ
    • ސިޓީ ހުށަހަޅާ ތާރީޚުން ފެށިގެން ބަންދުނޫން 7 ދުވަސްތެރޭ ރަޖިސްޓްރީ ކުރެވޭނެ.

  • ރަށްވެހިކަން ބަދަލު ކުރުން

    • "އެއްރަށެއްގެ ރަށްވެއްސަކު އަނެއްރަށެއްގެ ރަށްވެއްސަކަށް ވުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު އިދާރާއަށް ހުށަހެޅުން
    • މަތީގައިވާ ފޯމް ހުށަހަޅުއްވާއިރު ތިރީގައިމިވާ ލިޔެކިއުންތައް ހުށަހެޅުން. - ބަދަލުވާން އެދޭ މީހާ، ނުވަތަ މީހުންގެ އައިޑީކާރޑް ކޮޕީ ހުށަހެޅުން.
    • އެމީހެއްގެ ރަޖިސްޓްރީ އޮތް ރަށަކުން ޖަވާބު ލިބޭ ތާރީޚުން ފެށިގެން ބަންދުނޫން 7 ދުވަސް ތެރޭ ރަށްވެހިކަން ބަދަލުކޮށްދެވޭނެ.
    އުފަންދުވަހުގެ ރަޖިސްޓްރީ، އުފަންދުވަހުގެ ސެޓްފިކެޓް އަދި އުފަންވާ ކުދިން ރަށްވެއްސަކަށް ވުމަށް އެދޭ ފޯމް ރަށްވެއްސަކަށް ވުމަށް އެދޭ ފޯމް

  • ރަށްވެހިކަން ބަދަލުވާން ބޭނުންވާ މީހުން ރަޖިސްޓްރީން އުނިކުރުން

    • އެމީހަކު ބަދަލުވާން އެދޭ ރަށެއްގެ ކައުންސިލުން މިކައުންސިލަށް މެސެޖަކުން ނުވަތަ ސިޓީއަކުން އެންގެވުމުން ބަންދުނޫން 3 ދުވަސްތެރޭގައި ރަޖިސްޓްރީން އުނިކޮށްދެވޭނެ.

  • ނަން ބަދަލުކުރުން ( 10 އަހަރުން މަތި )

    • ނަން ބަދަލުކުރުމަށް އެދޭ ފޯމާއި ފޯމުގައިވާ ލިޔެކިއުންތަކާއި، ޤާނޫނީ ފޯމް ފުރައިގެން ހުށަހެޅުން. ( ޤާނޫނީ ފޯމް ދޫކުރިތާ 1 މަސްދުވަސް ހަމަވުމުގެ ކުރިން ކައުންސިލަށް ގެނައުން )
    • މަތީގައިވާ ފޯމް ހުށަހަޅުއްވާއިރު ތިރީގައިމިވާ ލިޔެކިއުންތައް ހުށަހެޅުން. - އައިޑީކާރޑް - އުފަންދުވަހުގެ ސެޓްފިކެޓް
    • DNR އަށް ފޮނުވުމަށްފަހު ޖަވާބު ލިބޭ ތާރީޚުން ފެށިގެން ރަސްމީ 3 ދުވަސް ތެރޭ ޚިދުމަތް ފޯރުކޮށްދެވޭނެ.
    • ނަން ބަދަލު ކުރުމުން އައިޑީކާޑު އައު ކުރުމަށް ރަސްމީ 7 ދުވަސް ތެރޭ އިދާރާއަށް ހުށަހަޅަންވާނެ
    ނަން ބަދަލުކުރަން އެދޭ ފޯމް

  • ނަން ބަދަލުކުރުން ( 10 އަހަރުން ދަށް )

    • ނަން ބަދަލުކުރުމަށް އެދޭ ފޯމާއި ފޯމުގައިވާ ލިޔެކިއުންތަކާއެކު ހުށަހެޅުން.
    • މަތީގައިވާ ފޯމް ހުށަހަޅުއްވާއިރު ތިރީގައިމިވާ ލިޔެކިއުންތައް ހުށަހެޅުން. - އައިޑީކާރޑް - އުފަންދުވަހުގެ ސެޓްފިކެޓް
    • DNR އަށް ފޮނުވުމަށްފަހު ޖަވާބު ލިބޭ ތާރީޚުން ފެށިގެން ރަސްމީ 2 ދުވަސް ތެރޭ ޚިދުމަތް ފޯރުކޮށްދެވޭނެ.
    • ނަން ބަދަލު ކުރުމުން އައިޑީކާޑު އައު ކުރުމަށް ރަސްމީ 7 ދުވަސް ތެރޭ އިދާރާއަށް ހުށަހަޅަންވާނެ ނަން ބަދަލުކުރަން އެދޭ ފޯމް

  • ހުކުރު،އީދު އަދި ކޭތަ ނަމާދު ކުރުމަށް އިމާމުން ހަމަޖެއްސުން

    • އިމާމުން/މުދިމުން ހަމަޖެއްސުމުގައި ޖަމާއަތުގައި ހުކުރު،އީދު އަދި ކޭތަ ނަމާދުކުރުމަށް ހުއްދަ ލިބިވަޑައިގެންފައިވާ ބޭފުޅެއްތޯ ކައުންސިލުން ކަށަވަރުކުރުން.
    - ހުކުރު ،އީދު އަދި ކޭތަ ނަމާދަށް އިމާމުން ހަމަޖެއްސުމަށް ރަސްމީ އެއްދުވަސް ކުރިން ހަމަޖެހިފައިވާ ތަރުތީބުން، އިމާމުން/ މުދިމުންނަށް އަންގާ ސޮއިކުރެވޭނެ

  • ވަޒީފާއަށް އެދި ހުށަހެޅުން

    • ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުމަށް އިޢުލާނުގައި ދީފައިވާ މުއްދަތުގެ ތެރޭގައި، ވަޒީފާއަށް އެދޭ ފަރާތްތަކުން ހުށަހަޅާ ފޯމާއި، އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ބަލައިގަތުމުގެ އިންތިޒާމު އިދާރާގައި ހަމަޖެހިފައިވާނެއެވެ.
    • ވަޒީފާއަށް އެދޭ ފަރާތުން ހުށަހަޅަނީ ރަނގަޅު ފޯމު ކަން މި އިދާރާއިން ކަށަވަރުކުރެވޭނެއެވެ.
    • ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތައް ބަލައިގަތް ތާރީޚާއި ގަޑި އަދި ބަލައިގަތް މުވައްޒަފުގެ މަޢުލޫމާތު ފުރިހަމަކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާނަމަ، ސްކްރީނިންގ މަރުޙަލާގައި އެ ކަން ފާހަގަކޮށް ވަޒީފާއަށް އެދިފައިވާ ފަރާތަށް ލިޔުމުން އެ ކަން އަންގައި، ރަނގަޅު ފޯމް ހުށަހެޅުމަށް 48 ގަޑިއިރު ދެވޭނެއެވެ. މި މުއްދަތުގައި ރަގަޅު ފޯމު ހުށަހަޅާފައިނުވާނަމަ އެ ހުށަހެޅުމެއް ބަލާނީ ޝަރުޠު ފުރިހަމަނުވާ ހުށަހެޅުމެއްގެ ގޮތުގައެވެ. އަދި މީގެ އިތުރުން ވަޒީފާއަށް އެދޭ ފޯމާއެކު އެއްކަރުދާސްކުރުމަށް ހުށަހެޅޭ ލިޔުންތަކުގެ ތެރެއިން ތަޢުލީމާއި ތަޖުރިބާގެ އެއްވެސް ލިޔުމެއް ސުންގަޑި ހަމަވުމުގެ ފަހުން ބަލައި ނުގަނެވޭނެއެވެ.
    • ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 78 ވަނަ މާއްދާގެ (ހ) ގެ 1،2،3،6،9 އަދި 11 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ވަޒީފާއަށް އައްޔަންކުރުމުގެ ޝަރުޠުތަކާއި، ވަޒީފާއަށް އެދި ހުށަހެޅުމަށް އިޢުލާންކޮށްފައިވާ މަޤާމުގެ އަސާސީ ޝަރުޠުތައް ފުރިހަ މަވޭތޯ ބަލަ އި ޝަރުޠުތަކަށް ނުފެތޭ ހުށަހެޅުންތައް ސްކްރީންކޮށް ވަކިކުރެވޭނެއެވެ. އަދި މި ގޮތަށް ވަކިކުރެވޭ ހުށަހެޅުންތައް ބަލާނީ ޝަރުޠު ފުރިހަމަނުވާ ހުށަހެޅުންތަކެއް ކަމުގައެވެ.
    • އިންޓަވިއު މަރުޙަލާ ފެށުމުގެ ކުރިން ލިޔުމުން އެ ކަން ، ސްކްރީންކުރުމުގެ މަރުޙަލާގައި މަޤާމުގެ ޝަރުޠު ހަމަނުވާކަމަށް ކަނޑައަޅާ ފަރާތްތަކަށް އެ ފަރާ ތުގެ ހުށަހެޅުން ހޮވިފައިނުވާ ސަބަބު އެންގޭނެއެވެ. މި ގޮތުން އެ ފަރާތްތަކަށް އެންގުމުގައި ސްކްރީންކުރުމުގެ ހަމަތަކަށް ރިޢާޔަތްކޮށް ތަފްޞީލުކޮށް ބަޔާން ކުރެވޭނެއެވެ.
    • ވަޒީފާއަށް އެދި 10 ފަރާތަށްވުރެ ގިނައިން ހުށަހަޅާފައިވާނަމަ، ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް އެކަން އެންގޭނެއެވެ.
    • ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އިންޓަރވިއު އަދި އެސެސްމެންޓާޢި ޕްރެޒެންޓޭޝަން އޮންނާނެ މުއްދަތު އެންގޭނެއެވެ. އަދި އިންޓަރވިއުއަށްފަހު މާކްސް ލިބުނުގޮތުގެ ތަފްޞީލް ޢާއްމުކުރެވޭއެވެ.
    • މާކްޝީޓް ޢާޢްމުކުރެވިފާ މުއްދަތުގައި އެއްވެސް ކެންޑިޑޭޓެއްގެ ފަރާތުން ޝަކުވާއެއް ލިބިފައިނުވާނަމަ، އެންމެ މަތިން މާކްސް ލިބުނު ފަރާތަށް ވަޒީފާ ހަމަޖެއްސުމަށްޓަކައި ސީ. އެސް ވިއުގަރ މެދުވެރިކޮށް ސިވިލް ސާރވިސް އަށް ފޮނުވޭނެއެވެ.
    ވަޒީފާއަށް އެދޭ ފޯމް

  • އެސްޓިމޭޓާއި،ބީލަން ހުށަހެޅުން

    • އާންމުކޮށް އިޢުލާނުކުރާ ބީލަންތަކާއި ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތާ ގުޅިގެން ބީލަން ހުށަހެޅުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް މަދުވެގެން ރަސްމީ ބަންދު ނޫން 7 ދުވަސް ދެވޭނެ.
    • ބީލަން ލިބޭތާ 2 ދުވަހުގެ ތެރޭގައި ބީލަންތަކުގެ ޝަރުޠު ހަމަވޭތޯ ބެލޭނެ.
    • ޝަރުޠު ހަމަވާ ބީލަންތަކުގެ އިވެލުއޭޝަން 5 ދުވަހުގެ ތެރޭގައި ހެދުން
    • ބީލަމަކާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންޖެހޭނަމަ، އެކަމަށް 3 ނުވަތަ 5 ދުވަހުގެ މުއްދަތެއް ދެވޭނެ.
    • ބީލަމުގެ އިވެލުއޭޝަން ނިމޭތާ 2 ދުވަހުގެ ތެރޭގައި ބީލަމާ މެދު ގޮތެއް ނިންމުމަށް ބިޑު ކޮމިޓީއަށް ހުށަހެޅޭނެ.
    • ބީލަމާ ގުޅިގެން ބިޑު ކޮމިޓީން ނިންމާ ގޮތެއްގެ މަތިން ބީލަން ކާމިޔާބުކުރާ ފަރާތަށް 10 ދުވަހުގެ ތެރޭގައި މަސައްކަތް ހަވާލުކުރެވޭނެ. މަސައްކަތާ ހަވާލުވާ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ޓެކުހެއް ވާނަމަ، އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ޓެކްސް ދައްކައި މި އޮފީހަށް އެންގުމަށް 5 ދުވަހުގެ މުއްދަތެއް ދެވޭނެ.
    • ބީލަމާ ގުޅޭ ގޮތުން ބިޑު ކޮމިޓީން ގޮތެއް ނިންމުމުން، އެ ނިންމި ގޮތް ރަސްމީ 2 ދުވަހުގެ ތެރޭގައި ބީލަންވެރިންނަށް އެންގޭނެއެވެ. އަދި ޝަކުވާއެއް އޮތްނަމަ، އެކަމެއް ހުށަހަޅަން ރަސްމީ 5 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
    • ބީލަމަކާ ގުޅިގެން ޝަކުވާއެއް ހުށަހަޅައިފިނަމަ، ރަސްމީ 3 ދުވަހުގެ ތެރޭގައި އެޝަކުވާއަކަށް ޖަވާބުދެވޭނެއެވެ.
    • ބީލަމާ ގުޅިގެން ލިބޭ ޝަކުވާތަކަށް ޖަވާބުދިނުމަށްފަހު 5ދުވަހުގެ ތެރޭގައި ބީލަން ކާމިޔާބު ކުރާ ފަރާތަށް ބީލަން ކާމިޔާބު ކުރި ކަމުގެ ލިޔުން ފޮނުވުން އަދި ބީލަމުގައި ނުހޮވޭ ފަރާތްތަކަށް ނުހޮވޭކަން ލިޔުމުން އެންގޭނެ
    • ބީލަން ކާމިޔާބު ކުރިފަރާތާއި އެކު އެގްރިމެންޓް ހެދުން އަދި އެޕްރޫވް ކުރުން
    • ބީލަން ހަވާލުކުރުމަށްފަހު މަސައްކަތް ފެށިގެންދާނެ

  • ހޮޓާ، ގެސްޓް ހައުސް، ހޯމްސްޓޭކޮޓަރި، އަދި މޫދުކޮޓަރި (ވޯޓަރވިލާރޫމްތައް)، "ރަށު ފަތުރުވެރިކަމުގެ ދަފްތަރު" ގައި ރަޖިސްޓްރީ ކުރުން

    • ފަތުރުވެރިކަމަށްއަމާޒުކޮށް،ހޮޓަލެއް/ގެސްޓްހައުސްއެއް/ހޯމްސްޓޭކޮޓަރިއެއް އަދި މޫދުކޮޓަރި އެއް ހިންގުމުގެ ހުއްދަ ބޭނުންވާ ފަރާތްތަކުން މިނިސްޓްރީ އޮފް ޓުއަރިޒަމް އިން އެކަމަށް ކަނޑައަޅާފައިވާ ފޯމު ތަކުން އެމިނިސްޓްރީ އަށް ހުށަހެޅުން
    • މި އިން ކަމަކަށް ބޭނުންވާ ފަރާތަކުން މިނިސްޓްރީ އޮފް ޓުއަރިޒަމް އަށް ހުށަހެޅުމުން އެމިނިސްޓްރީ ކައުންސިލަށް ފޮނުވާ ޗެކް ލިސްޓް ލިބޭތާ ރަސްމީ މަސައްކަތު 2 ދުވަހުގެ ތެރޭގައި އެލިސްޓްގައި ހިމެނޭކަންކަން ހުރީ ފުރިހިމަވެފަތޯ ކަށަވަރުކޮށް ކައުންސިލުން މިނިސްޓްރީ އަށް ޖަވާބު ފޮނުވުން
    • މި އިން ކަމަކަށް ބޭނުންވާ ފަރާތަކަށް މިނިސްޓްރީ އޮފް ޓުއަރިޒަމް ލިބޭ ހުއްދަ ކައުންސިލް އިދާރާ އަށް ހުށަހަޅާތާ ރަސްމީ 3 ދުވަހުގެ ތެރޭގައި ކައުންސިލްގައި އޮންނަ "ރަށު ފަތުރުވެރިކަމުގެ ދަފްތަރު" ގައި އެފަރާތް ހިމެނުމަށްފަހު ރަޖިސްޓްރީ ކުރެވިއްޖެކަން އަދި ކަމާއި ގުޅޭ ވިޔަފާރި ކައުންސިލް އިޚްތިޞާޞް ހިމެނޭ ސަރަހައްދުގައި ކުރުމުގެ ހުއްދަ ލިއުމުންލިބިގެންދާނެއެވެ.

  • ފަރުދުންގެ ވިޔަފާރި ފިހާރަ ހިންގާ ފަރާތްތައް "ރަށުގެ ވިޔަފާރި ހިންގާ ފަރާތްތަކުގެ ދަފްތަރު" ގައި ރަޖިސްޓްރީ ކުރުން

    • ފަރުދުންގެ ވިޔަފާރި ފިހާރަ ހިންގުމަށް ބޭނުންވާ ފަރާތްތަކުން މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓް އިން އެކަމަށް ކަނޑައަޅާފައިވާ ފޯމު ތަކުން އެމިނިސްޓްރީ އަށް ހުށަހެޅުން
    • މި ކަމަށް ބޭނުންވާ ފަރާތަކުން މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުމުން އެމިނިސްޓްރީ ކައުންސިލަށް ފޮނުވާ ޗެކް ލިސްޓް ލިބޭތާ ރަސްމީ މަސައްކަތު 2 ދުވަހުގެ ތެރޭގައި އެލިސްޓްގައި ހިމެނޭކަންކަން ހުރީ ފުރިހިމަވެފަތޯ ކަށަވަރުކޮށް ކައުންސިލުން މިނިސްޓްރީ އަށް ޖަވާބު ފޮނުވުން
    • މި ކަމަށް ބޭނުންވާ ފަރާތަކަށް މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓް އިން ދޫކުރާ ވިޔަފާރި ރަޖިސްޓްރީ ކައުންސިލް އިދާރާ އަށް ހުށަހަޅާތާ ރަސްމީ މަސައްކަތު 2 ދުވަހުގެ ތެރޭގައި ކައުންސިލްގައި އޮންނަ "ރަށުގެ ވިޔަފާރި ހިންގާ ފަރާތްތަކުގެ ދަފްތަރު" ގައި އެފަރާތް ހިމެނުމަށްފަހު ރަޖިސްޓްރީ ކުރެވިއްޖެ ކަން އަދި ކަމާއި ގުޅޭ ވިޔަފާރި ކުރުމުގެ ހުއްދަ ލިއުމުން ލިބިވަޑައިގަންނަވާނެއެވެ.
    އަމިއްލަ ފަރުންދުންގެ ވިޔަފާރި ރަޖިސްޓްރީ އާކުރާ ފޯމް އަމިއްލަ ފަރުންދުންގެ ވިޔަފާރި ރަޖިސްޓްރީކުރާ ފޯމް ވިޔަފާރި ނަން ފާސްކުރާ ފޯމް

  • މަގުމަތީގައި އަދި އާންމު ތަންތަނުގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ހުއްދަ ދިނުން

    • ވިޔަފާރި ކުރުމަށް ޖާގަ ބޭނުން ވެގެން އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ އެ ހުށަހެޅި ފަރާތުން އެހުށަހެޅުމެއް ހުށަހެޅީ ގަވާއިދުގެ ދަށުން ހެދިފައިވާ އުޞޫލުގައިވާ ގޮތުން ދާއިމީ ގޮތެއްގައި އެތަނުގައި ވިޔަފާރި ކުރުމަށްތޯ ނުވަތަ ވަގުތީގޮތުން އެތަނުގައި ވިޔަފާރި ކުރުމަށްތޯ ކަށަވަރުކޮށް އެފަރާތަކަށް މި ދެހާލަތުގައި ކުލި ނެގޭ ގޮތާއި އަދި ކުލީގެ މިންވަރު އުޞޫލާއި އެއްގޮތަށް އޮޅުން ފިލުވައިދިނުން. އަދި އެކަން އެހުށަހަޅާ ހުށަހެޅުމުގައި ވަގުތީ ގޮތުންކަން ނުވަތަ ދާއިމީގޮތުންކަން ބަޔާން ކުރެވިފައި ނެންނަމަ އެކަންބަޔާންކޮށް އަލުން ހުށަހެޅުމަށް އެފަރާތަށް ފުރުޞަތު ދިނުން.
    • ގާޑިޔާ ނުވަތަ މޭޒުބަހައްޓައިގެން ވިޔަފާރިކުރުމަށް ޖާގަ ހޯދުމަށް ހުށަހަޅާ ފާރަތްތަކުން އެތަނުގައި (އެމޭޒުގައި ނުވަތަ އެގާޑިޔާގައި) ކާބޯތަކެތީގެ ވިޔަފާރި ކުރުމުގެ ހުއްދަ، މޯލްޑިވްސް ފުޑް އެންޑް ޑްރަގްސް އޮތޯރިޓީގައި ނުވަތަ ކައުންސިލެއްގެ ޕަބްލިކް ހެލްތް ޔުނިޓާއި ބެހޭ ބައިގައި ނުވަތަ އެރަށެއްގައި ހުންނަ ސިއްޙީ ވުޒާރާ އެއްގައި ރަޖިސްޓްރީ ކޮށް އެފަރާތުން ދީފައިވާ ސާފުތާހިރު ކަމުގެ ސެޓްފިކެޓް އޮތްތޯ ކަށަވަރުކުރުން. އެފަދަ ލިއުމެއް ނެން ނަމަ އެލިއުން ހޯދައި ހުށަހެޅުމަށް އެންގުން.
    • ގާޑިޔާ ނުވަތަ މޭޒުބަހައްޓައިގެން ވިޔަފާރިކުރުމަށް ޖާގަ ހޯދުމަށް އެދި ހުށަހެޅި ފަރާތަކީ ދާއިމީ ގޮތެއްގައި މަގުމަތީގައާއި ޢާންމު ތަންތަނުގައި ގާޑިޔާ ނުވަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ހުށަހެޅި ފަރާތެއްކަމުގައި ވާނަމަ ކައުންސިލުން އެފަދަ ވިޔަފާރި ދާއިމީ ގޮތެއްގައި ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު ތަކުން ޖާގާ އޮތްތޯ ބަލައި ޖާގަ އޮތްނަމަ ހުށަހާޅާތާ 7 ދުވަހުގެ ތެރޭގައި ޤަވާޢިދާއި އުޞޫލާއި އެއްގޮތަށް އެފަރާތަކަށް ޖާގަދީ އެފަރާތާއި އެކު ވެވޭ އެއްބަސްވުން ހަދައި ނިންމައި ސަރަހައްދު (ޖާގަ) ހަވާލުކުރެވޭނެއެވެ.
    • ފުރަތަމަ ދެވޭ މުއްދަތު މިއަށްވުރެ، އިތުރުކުރަން ބޭނުންވާ ނަމަ އެއްބަސްވުމުގައިވާ މަރުހަލާގެ ކުރިން އެއްބަސްވުމުގައި ބަޔާންކުރާގޮތަށް ކައުންސިލަށް ލިއުމުން މުއްދަތު އިތުރުކުރުމަށް ހުށަހެޅުމުން ކައުންސިލުން އެއިރުގެ ހާލަތަށް ރިއާޔަތްކޮށް މުއްދަތު އިތުރުކުރެވޭނެއެވެ.
    • ގާޑިޔާ ނުވަތަ މޭޒުބަހައްޓައިގެން ވިޔަފާރިކުރުމަށް ޖާގަ ހޯދުމަށް އެދި ހުށަހެޅި ފަރާތަކީ ވަގުތީ ގޮތުން މަގުމަތީގައާއި ޢާންމުތަނެއްގައި ގާޑިޔާ ނުވަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ހުށަހެޅި ފަރާތެއްކަމުގައި ވާނަމަ އެފަދަ ފަރާތަކަށް ވަގުތީ ގޮތުން ދެވޭ ތަނާމެދު ކައުންސިލާއި މަޝްވަރާކޮށް ކަނޑައެޅުމަށް ފަހު އެފަދަ ވިޔަފާރި ވަގުތީ ގޮތެއްގައި ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން ވީ އެންމެ އަވަހަކަށް ޤަވާޢިދާއި އުޞޫލާއި އެއްގޮތަށް އެފަރާތަކަށް ޖާގަދީ އެފަރާތާއި އެކު ވެވޭ މުއްދަތު ކަނޑައެޅިފައިވާ އެއްބަސްވުން ހަދައި ނިންމައި ސަރަހައްދު (ޖާގަ) ހަވާލުކުރެވޭނެއެވެ.
    • މަގުމަތީގައި އަދި އާންމު ތަންތަނުގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ހުއްދަ އެއްވެސް ފަރާތަކަށް ދީފިނަމަ ކައުންސިލް އޮންނަ " މަގުމަތީގައި އަދި އާންމު ތަންތަނުގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރާ ފަރާތްތަކުގެ ދަފްތަރު " ގައި އެފަރާތެއް ރަޖިސްޓްރީ ކުރަމުން ގެންދާނެއެވެ.
    އަމިއްލަ ފަރުންދުންގެ ވިޔަފާރި ރަޖިސްޓްރީ އާކުރާ ފޯމް އަމިއްލަ ފަރުންދުންގެ ވިޔަފާރި ރަޖިސްޓްރީކުރާ ފޯމް ވިޔަފާރި ނަން ފާސްކުރާ ފޯމް

  • އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގެ ޤަވާޢިދުގެ 4 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅު ލީ އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގެ ކުރިން އެ އުޅަނދެއް ބޭއްވުމަށް ކަނޑައަޅާ ގަރާޖް ހުއްދަ ދޫކުރުން.

    • ޚިދްމަތަށް އެދެންވާނީ 4 ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކުރުމަށް ދޫކުރާ ލިއުމަށް އެދި ހުށަހަޅާ ފޯމުންނެވެ. މި ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
    • ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިއެކިއުމެއް ހުށަހަޅާފައިވާކަން ކަށަވަރުކުރެވޭނެއެވެ.
    • ކައުންސިލަށް ފޯމް ލިބުމަށްފަހު ހުށަހަޅާ ތާރީޚްގައި ނުވަތަ ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9:00 ގެ ކުރިން ކަމާގުޅޭ ޔުނިޓަށް ފޮނުވޭނެއެވެ.
    • ގަރާޖް ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ފޯމްތައް ޗެކްކުރުމަށްފަހު ޝަރުތު ހަމަވާނަމަ، ހުށަހަޅާ ތާރީޚުން ފެށިގެން ރަސްމީ 3 ދުވަސް ތެރޭގައި ހުއްދަ ދޫކުރެވޭނެއެވެ. އަދި ޝަރުތު ހަމަނުވާނަމަވެސް އެފަރާތަށް ރަސްމީ 3 ދުވަސް ތެރޭގައި އެކަން އެންގޭނެއެވެ.
    • ގަރާޖަށް ދޫކުރެވިފައިވާ ހުއްދައެއް ބާޠިލްކުރަން ބޭނުން ވެއްޖެނަމަ، ލިއުމުން ކައުންސިލަށް އަންގަންވާނެއެވެ.

  • ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ހެއްދުން

    • ކަނޑު އުޅަނދުގެ ސާރވޭއަށް އެދޭ ފޯމް (MS-1) ހުށަހެޅުން އަދި ފީ ދެއްކުން (ސެޓްފިކެޓަކަށް 250ރ) މުއްދަތު ހަމަވެފައިވާނަމަ، ކޮންމެ ސެޓްފިކެޓަކަށް ޖޫރިމަނާގެ ގޮތުގައި 1000ރ
    • ފޯމު ޗެކްކުރުމާއި ބަލައިގަތުން އަދި އެންޓްރީކުރުން
    • ފޯމު ގުޅުންހުރި ސެކްޝަނާ ހަވާލުކުރުން (ESMS)
    • ފޯމު އަދި ފޯމާ އެކުގައިވާ ލިޔުންތައް ޗެކްކުރުން
    • ފޯމު ހުށަހެޅި ފަރާތަށް ގުޅައިގެން އުޅަނދު ސާރވޭ ކުރަންދާނެ ދުވަހަކާއި ގަޑި ހަމަޖެއްސުން
    • ސާރވޭކުރުމަށް ދިއުން
    • ސަލާމަތީ ސެޓްފިކެޓް ދޫކުރުން
    ސަލާމަތީ ހެއްދުމަށް އެދޭ ފޯމް އޮޑީ ނަމްބަރަށް އެދޭ ފޯމް އުޅަނދުފަހަރު މަރާމާތު ކުރުމަށް އެހެލުމަށްފަހު ދޫކުރާ ލިޔުން މާވަޑިޔާގެ ސެޓްފިކެޓް ފޯމެޓް ކަނޑު އުޅަނދު ފަހަރު ސަރވޭކުރުމަށް ބޭނުންކުރާ ޗެކްލިސްޓް

  • އެއްގަމާއި ކަނޑު އުޅަނދުގެ ލައިސަންސް ހެދުން

    • ލައިސަންސް ހެއްދުމަށް އެދޭ ފޯމް ހުށަހެޅުން
    • އެއްގަމާއި ކަނޑު އުޅަނދުގެ ލައިސަންސް ހެދުމުގެ ހިދުމަތް ދެވޭނީ ރަސްމީ ބަންދު ނޫން ހޯމަ އަދި ބުރާސްފަތި ދުވަހުގެ 9:00 ން 13:00 އަށް
    • ތިއަރީ ޓެސްޓުގައި ބައިވެރިވުމުގެ ފީ ދެއްކުން 100ރ (އެއްގަމު އުޅަނދުގެ ލައިސަންސް)
    • ފޯމު އެންޓްރީކޮށް ގުޅުންހުރި ސެކްޝަނަށް ފޮނުވުން
    • ތިއަރީ ޓެސްޓް ހެދުމުގެ އިންތިޒާމް ހަމަޖެއްސުން
    • ތިއަރީ ޓެސްޓް ފުރިހަމަކުރުން
    • ޓެސްޓުގެ ނަތީޖާ ދޫކުރުން އަދި ދުއްވުމުގެ ޓެސްޓް އޮންނާނެ ދުވަހާއި ގަޑި ހަމަޖެއްސުން
    • ދުއްވުމުގެ ޓެސްޓަށް ފައިސާ ދެއްކުން – 100ރ
    • ޑްރައިވިންގ ޓެސްޓް ފުރިހަމަކުރުން
    • ލައިސަންސް ކާޑު/ފޮތް ނިންމައި ހަވާލުކުރުން (ޓެސްޓުން ފާސްވެފައިވާނަމަ)
    އެއްގަމު ލައިސަންސްއަށް އެދޭ ފޯމް ސަލާމަތީ ހެއްދުމަށް އެދޭ ފޯމް އޮޑީ ނަމްބަރަށް އެދޭ ފޯމް އުޅަނދުފަހަރު މަރާމާތު ކުރުމަށް އެހެލުމަށްފަހު ދޫކުރާ ލިޔުން މާވަޑިޔާގެ ސެޓްފިކެޓް ފޯމެޓް ކަނޑު އުޅަނދު ފަހަރު ސަރވޭކުރުމަށް ބޭނުންކުރާ ޗެކްލިސްޓް

  • ކަނޑު އުޅަނދު ރަޖިސްޓްރީކުރުން

    • ކަނޑުއުޅަނދު ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް ހުށަހެޅުން އަދި ރަޖިސްޓްރީކުރުމުގެ ފީ ދެއްކުން
    • ފޯމު ޗެކްކުރުމާއި ބަލައިގަތުން އަދި އެންޓްރީކުރުން
    • ފޯމު ގުޅުންހުރި ސެކްޝަނާ ހަވާލުކުރުން
    • ފޯމު އަދި ފޯމާ އެކުގައިވާ ލިޔުންތައް ޗެކްކުރުން
    • ސަރވޭ ނުކޮށް އޮތް އުޅަނދެއް ނަމަ، ފޯމު ހުށަހެޅި ފަރާތަށް ގުޅައިގެން އުޅަނދު ސާރވޭ ކުރަންދާނެ ދުވަހަކާއި ގަޑި ހަމަޖެއްސުން
    • އުޅަނދުގެ މައުލޫމާތު މެޓްރިކްސް ސިސްޓަމަށް އެޅުން
    • ރަޖިސްޓްރީ ސެޓްފިކެޓް ދޫކުރުން
    ސަލާމަތީ ހެއްދުމަށް އެދޭ ފޯމް އޮޑީ ނަމްބަރަށް އެދޭ ފޯމް އުޅަނދުފަހަރު މަރާމާތު ކުރުމަށް އެހެލުމަށްފަހު ދޫކުރާ ލިޔުން މާވަޑިޔާގެ ސެޓްފިކެޓް ފޯމެޓް ކަނޑު އުޅަނދު ފަހަރު ސަރވޭކުރުމަށް ބޭނުންކުރާ ޗެކްލިސްޓް

  • ކަނޑު އުޅަނދު ސާވޭކުރުން

    • ކަނޑުދަތުރު ފަތުރުކުރާ އުޅަނދުފަހަރުގެ ރަޖިސްޓްރީއާއިބެހޭ ކަންކަމަށް އެދޭ ފޯމް (MR-1) ހުށަހެޅުން އަދި ފީ ދެއްކުން - 250ރ
    • ފޯމު ޗެކްކުރުމާއި ބަލައިގަތުން އަދި އެންޓްރީކުރުން
    • ފޯމު ގުޅުންހުރި ސެކްޝަނާ ހަވާލުކުރުން (ESMS)
    • ފޯމު އަދި ފޯމާ އެކުގައިވާ ލިޔުންތައް ޗެކްކުރުން
    • ފޯމު ހުށަހެޅި ފަރާތަށް ގުޅައިގެން އުޅަނދު ސާރވޭ ކުރަންދާނެ ދުވަހަކާއި ގަޑި ހަމަޖެއްސުން
    • ސާރވޭކުރުމަށް ދިއުން
    • ކަނޑު އުޅަނދު ރަޖިސްޓްރީ ކުރުމަށް ސަރވޭކޮށް ދޫކުރާ ލިޔުން (MR-2) ދޫކުރުން
    ސަލާމަތީ ހެއްދުމަށް އެދޭ ފޯމް އޮޑީ ނަމްބަރަށް އެދޭ ފޯމް އުޅަނދުފަހަރު މަރާމާތު ކުރުމަށް އެހެލުމަށްފަހު ދޫކުރާ ލިޔުން މާވަޑިޔާގެ ސެޓްފިކެޓް ފޯމެޓް ކަނޑު އުޅަނދު ފަހަރު ސަރވޭކުރުމަށް ބޭނުންކުރާ ޗެކްލިސްޓް

  • ގޯތީގެ ކަންމުޑި އެޅުމާއި ކަންވަށްކުރުން

    • ގޯތިގެދޮރުގެ އެކިއެކި ޚިދުމަތްތަކަށް އެދޭ ފޯމް އެދޭ ފޯމް ހުށަހެޅުން
    • ޚިދުމަތަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
    • ޚިދުމަތް ކުރިޔަށް ގެންދިޔުން (ޚިދުމަތުގެ މަރުޙަލާތައް) - ފޯމް ރަނގަޅަށް ފުރިހަމަކޮށްފައިވޭތޯ ޗެކްކުރުން - ފޯމް އެންޓްރީ ކުރުން - ފޯމް ލިބިފައިވާކަމުގެ ސްލިޕް ފޯމް ހުށަހެޅި ފަރާތަށް ވަގުތުން ޙަވާލުކުރުން. - ކަންމުޑި އެޅުމަށް އެދިފައިވާ ގޯތީ އޮތީ ރަނގަޅަށް ސާފުކޮށްފައިތޯ ކައުންސިލްގެ އިދާރާއިން ރަސްމީ 2 ދުވަހުގެ ތެރޭގައި ޗެކްކުރުން. - ގޯތި ރަނގަޅަށް ސާފުކޮށްފައިވާނަމަ، ކަންމުޑި އެޅުމަށް ޓަކައި ގޯތީގެ ވެރިފަރާތުން ގެންދަންޖެހޭނެކަމަށް ފޯމުގައި ބަޔާންކޮށްފައިވާ ތަކެއްޗާއިއެކު ގޯތި އޮތް ތަނަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި ގޯތީގެ ވެރި ފަރާތަށް ރަސްމީ 2 ދުވަހުގެ ތެރޭގައި އެންގުން. - ގޯތީގެ ވެރިފަރާތަށް އަންގާފައިވާ ގަޑިޔަށް ކައުންސިލްގެ އިދާރާގެ ފަރާތުން ޙާޟިރުވެ ޚިދުމަތް ފޯރުކޮށްދިނުން.
    • ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމް ފުރިހަމަވެ، ގޯތި ސާފުކޮށްފައިވާނަމަ، ފޯމް ހުށަހަޅާތާ، ރަސްމީ 03 ދުވަހުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދޭން ވާނެއެވެ.
    • ގޯތި ޗެކްކުރާއިރު ގޯތި ސާފުކޮށްފައިނުވާނަމަ، ގޯތި ސާފުކުރުމަށް 10 ދުވަހުގެ މުއްދަތެއް ލިޔުމުން ދިނުން (ސްލިޕް ދޫކުރުން) - ގޯތި ސާފުކުރުމަށް އެންގި ސްލިޕްގައިވާ ތާރީޚަށް ގޯތި ސާފުކޮށް ކައުންސިލްގެ އިދާރާއަށް އެންގުމުން ޚިދުމަތުގެ މަރުޙަލާތައް (މަތީގައިވާ ގޮތުގެމަތިން) ކުރިޔަށް ގެންދިޔުން. މިގޮތަށް ޚިދުމަތް ކުރިޔަށް ގެންދާނަމަ، ފޯމް ހުށަހެޅި ދުވަހުގެ ބަދަލުގައި ޚިދުމަތުގެ މުއްދަތު ގުނާނީ ގޯތި ސާފުކުރުމަށްފަހު ކައުންސިލްގެ އިދާރާއަށް އެންގި ތާރީޚުން ފެށިގެންނެވެ.
    • ސްލިޕްގެ މުއްދަތުގައި ގޯތި ސާފުކޮށްފައިނުވާނަމަ، ގޯތި ސާފުކޮށްފައިނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށް ދެވެންނެތްކަމަށް ލިޔުމުން ޖަވާބު ދިނުން.
    ގޯތި ރަޖިސްޓްރީ ކުރަން އެދޭ ފޯމް ޢިމާރާތާއި ގޯތި ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް ގޯތިގެދޮރުގެ އެކިއެކި ޚިދުމަތްތަކަށް އެދޭ ފޯމް

  • ގޯތީގެ އިންވަކިކުރުން

    • ގޯތިގެދޮރުގެ އެކިއެކި ޚިދުމަތްތަކަށް އެދޭ ފޯމް އެދޭ ފޯމް ހުށަހެޅުން
    • ޚިދުމަތަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
    • ޚިދުމަތަށް އެދޭ ފަރާތަށް ޙާޟިރު ނުވެވޭނަމަ، ބަދަލުގައި ޙާޟިރުވުމަށް ފޯމްގައި ބަޔާންކޮށްފައިވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
    • ޝަރީޢަތުން ޙުކުމް ކުރައްވައިގެން ލިބިފައިވާ ގޯއްޗެއްނަމަ، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްގެ ކޮޕީ ހުށަހެޅުން
    • ޚިދުމަތް ކުރިޔަށް ގެންދިޔުން (ޚިދުމަތުގެ މަރުޙަލާތައް) - ފޯމް ރަނގަޅަށް ފުރިހަމަކޮށްފައިވޭތޯ ޗެކްކުރުން - ފޯމް އެންޓްރީ ކުރުން - ފޯމް ލިބިފައިވާކަމުގެ ސްލިޕް ފޯމް ހުށަހެޅި ފަރާތަށް ވަގުތުން ޙަވާލުކުރުން. - އިންވަކިކުރުމަށް އެދިފައިވާ ގޯތީ އޮތީ ރަނގަޅަށް ސާފުކޮށްފައިތޯ ކައުންސިލްގެ އިދާރާއިން ރަސްމީ 3 ދުވަހުގެ ތެރޭގައި ޗެކްކުރުން. - ގޯތި ރަނގަޅަށް ސާފުކޮށްފައިވާނަމަ، އިންވަކި ކުރުމަށް ޓަކައި ގޯތީގެ ވެރިފަރާތުން ގެންދަންޖެހޭނެކަމަށް ފޯމުގައި ބަޔާންކޮށްފައިވާ ތަކެއްޗާއިއެކު ގޯތި އޮތް ތަނަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި ގޯތީގެ ވެރި ފަރާތަށް ރަސްމީ 2 ދުވަހުގެ ތެރޭގައި އެންގުން.
    • ގޯތީގެ ވެރިފަރާތަށް އަންގާފައިވާ ގަޑިޔަށް ކައުންސިލްގެ އިދާރާގެ ފަރާތުން ޙާޟިރުވެ ޚިދުމަތް ފޯރުކޮށްދިނުން.
    • ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމް ފުރިހަމަވެ، ގޯތި ސާފުކޮށްފައިވާނަމަ، ފޯމް ހުށަހަޅާތާ، ރަސްމީ 03 ދުވަހުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދޭން ވާނެއެވެ.
    • ގޯތި ޗެކްކުރާއިރު ގޯތި ސާފުކޮށްފައިނުވާނަމަ، ގޯތި ސާފުކުރުމަށް 10 ދުވަހުގެ މުއްދަތެއް ލިޔުމުން ދިނުން (ސްލިޕް ދޫކުރުން) - ގޯތި ސާފުކުރުމަށް އެންގި ސްލިޕްގައިވާ ތާރީޚަށް ގޯތި ސާފުކޮށް ކައުންސިލްގެ އިދާރާއަށް އެންގުމުން ޚިދުމަތުގެ މަރުޙަލާތައް (މަތީގައިވާ ގޮތުގެމަތިން) ކުރިޔަށް ގެންދިޔުން. މިގޮތަށް ޚިދުމަތް ކުރިޔަށް ގެންދާނަމަ، ފޯމް ހުށަހެޅި ދުވަހުގެ ބަދަލުގައި ޚިދުމަތުގެ މުއްދަތު ގުނާނީ ގޯތި ސާފުކުރުމަށްފަހު ކައުންސިލްގެ އިދާރާއަށް އެންގި ތާރީޚުން ފެށިގެންނެވެ.
    • ސްލިޕްގެ މުއްދަތުގައި ގޯތި ސާފުކޮށްފައިނުވާނަމަ، ގޯތި ސާފުކޮށްފައިނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށް ދެވެންނެތްކަމަށް ލިޔުމުން ޖަވާބު ދިނުން.
    ގޯތި ރަޖިސްޓްރީ ކުރަން އެދޭ ފޯމް ޢިމާރާތާއި ގޯތި ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް ގޯތިގެދޮރުގެ އެކިއެކި ޚިދުމަތްތަކަށް އެދޭ ފޯމް

  • ގޯތީގެ ރަޖިސްޓަރީ ހެއްދުން

    • ގޯތީގެ ރަޖިސްޓަރީ ހެއްދުމަށް އެދޭ ފޯމް ހުށަހެޅުން
    • ޚިދުމަތަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
    • ޚިދުމަތަށް އެދޭ ފަރާތަށް ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުނުވެވޭނަމަ، ބަދަލުގައި ރަޖިސްޓަރީއާއި ޙަވާލުވުމަށް ފޯމްގައި ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
    • ރަޖިސްޓަރީ ހެއްދުމަށް ހުށަހަޅާފައިވާ ގޯއްޗަށް ކުރިން ރަޖިސްޓަރީ އެއް ހައްދާފައިވާނަމަ، ކުރީގެ ރަޖިސްޓަރީގެ އަޞްލު.
    • (ގޯތީގެ ރަޖިސްޓަރީ ގެއްލިގެން އަލުން ހެއްދުމަށް ހުށަހަޅާފައިވާނަމަ، ރަޖިސްޓަރީގެ އަޞްލު ހުށަހަޅާކަށް ނުޖެހޭނެއެވެ.)
    • ޚިދުމަތް ކުރިޔަށް ގެންދިޔުން (ޚިދުމަތުގެ މަރުޙަލާތައް) - ފޯމް ރަނގަޅަށް ފުރިހަމަކޮށްފައިވޭތޯ ޗެކްކުރުން - ފޯމް އެންޓްރީ ކުރުން - ފޯމް ލިބިފައިވާކަމުގެ ސްލިޕް ފޯމް ހުށަހެޅި ފަރާތަށް ވަގުތުން ޙަވާލުކުރުން. - ރަޖިސްޓަރީ ހެއްދުމަށް އެދިފައިވާ ގޯތީ އޮތީ ރަނގަޅަށް ސާފުކޮށް ކަންމުޑި އަޅާފައިތޯ ކައުންސިލްގެ އިދާރާއިން ލަސްވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި ޗެކްކުރުން. - ގޯތި ރަނގަޅަށް ސާފުކޮށް ކަންމުޑި އަޅާފައިވާނަމަ، ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި ގޯތީގެ ވެރި ފަރާތަށް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތަށް ފޯމް ހުށަހަޅާތާ ލަސްވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި ސްލިޕަކުން އެންގުން. - ފޯމް ހުށަހަޅާތާ ލަސްވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި ގޯތި އޮތްތަނަށް ކައުންސިލްގެ އިދާރާގެ ފަރާތުން ޙާޟިރުވެ ގޯތީގެ މިންތައް (ގޯތީގެ ވެރިފަރާތް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ ޙާޟިރުގައި) ޗެކްކޮށް ނޯޓް ކުރުން.
    • ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމް ފުރިހަމަވެ، ގޯތި ސާފުކޮށް ކަންމުޑި އަޅާފައިވާނަމަ، ފޯމް ހުށަހަޅާތާ، ރަސްމީ 04 ދުވަހުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދޭން ވާނެއެވެ.
    • ގޯތި ޗެކްކުރާއިރު ގޯތި ސާފުކޮށްފައިނުވާނަމަ، ނުވަތަ ކަންމުޑި އަޅާފައި ނުވާނަމަ ގޯތި ސާފުކުރުމަށް ނުވަތަ ކަންމުޑި އެޅުމަށް 10 ދުވަހުގެ މުއްދަތެއް ލިޔުމުން ދިނުން (ސްލިޕް ދޫކުރުން) - ގޯތި ސާފުކުރުމަށް ނުވަތަ ކަންމުޑި އެޅުމަށް އެންގި ސްލިޕްގައިވާ ތާރީޚަށް އެކަންކޮށް ކައުންސިލްގެ އިދާރާއަށް އެންގުމުން ޚިދުމަތުގެ މަރުޙަލާތައް (މަތީގައިވާ ގޮތުގެމަތިން) ކުރިޔަށް ގެންދިޔުން. މިގޮތަށް ޚިދުމަތް ކުރިޔަށް ގެންދާނަމަ، ފޯމް ހުށަހެޅި ދުވަހުގެ ބަދަލުގައި ޚިދުމަތުގެ މުއްދަތު ގުނާނީ ގޯތި ސާފުކުރުމަށް ނުވަތަ ކަންމުޑި އެޅުމަށްފަހު ކައުންސިލްގެ އިދާރާއަށް އެންގި ތާރީޚުން ފެށިގެންނެވެ.
    • ސްލިޕްގެ މުއްދަތުގައި ގޯތި ސާފުކޮށްފައިނުވާނަމަ، ނުވަތަ ކަންމުޑި އަޅާފައިނުވާނަމަ ގޯތި ސާފު ނުކުރުމުގެ ސަބަބުން ނުވަތަ ކަންމުޑި އަޅާފައި ނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށް ދެވެންނެތްކަމަށް ލިޔުމުން ޖަވާބު ދިނުން.
    ގޯތި ރަޖިސްޓްރީ ކުރަން އެދޭ ފޯމް ޢިމާރާތާއި ގޯތި ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް ގޯތިގެދޮރުގެ އެކިއެކި ޚިދުމަތްތަކަށް އެދޭ ފޯމް

  • ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން (ރަޖިސްޓަރީ ގެއްލިގެން ނޫން ގޮތަކަށް ހައްދާނަމަ)

    • ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުމަށް އެދޭ ފޯމް ހުށަހެޅުން
    • ޚިދުމަތަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
    • ޚިދުމަތަށް އެދޭ ފަރާތަށް ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުނުވެވޭނަމަ، ބަދަލުގައި ރަޖިސްޓަރީއާއި ޙަވާލުވުމަށް ފޯމްގައި ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
    • ޝަރީޢަތުން ޙުކުމް ކުރައްވައިގެން ލިބިފައިވާ ގޯއްޗެއްނަމަ، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްގެ ކޮޕީ ހުށަހެޅުން.
    • ރަޖިސްޓަރީ ހެއްދުމަށް އެދިފައިވާ ގޯއްޗަށް ކުރިން ގޯތީގެ ރަޖިސްޓަރީއެއް ނުވަތަ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީއެއް ހައްދާފައިވާނަމަ، އެ ރަޖިސްޓަރީއެއްގެ އަޞްލު ހުށަހެޅުން.
    • ޚިދުމަތް ކުރިޔަށް ގެންދިޔުން (ޚިދުމަތުގެ މަރުޙަލާތައް) - ފޯމް ރަނގަޅަށް ފުރިހަމަކޮށްފައިވޭތޯ ޗެކްކުރުން - ފޯމް އެންޓްރީ ކުރުން - ރަޖިސްޓަރީ ހެއްދުމަށް އެދިފައިވާ ގޯތީ އޮތީ އިންވަކިކޮށްފައިތޯ ކައުންސިލްގެ އިދާރާއިން ލަސްވެގެން ރަސްމީ 2 ދުވަހުގެ ޗެކްކޮށް، އިންވަކިކޮށްފައިވާނަމަ، ގޯތީގެ ވެރިފަރާތް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ ޙާޟިރުގައި ގޯތީގެ މިންތައް ޗެކްކޮށް ނޯޓް ކުރުން. - ގޯތީގެ މިންތައް ނޯޓް ކުރުމަށްފަހު ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި ގޯތީގެ ވެރި ފަރާތަށް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތަށް ފޯމް ހުށަހަޅާތާ ލަސްވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި ސްލިޕަކުން އެންގުން.
    • ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމް ފުރިހަމަވެ، ގޯތީގެ އިންވަކިކޮށްފައިވާނަމަ، ފޯމް ހުށަހަޅާތާ، ރަސްމީ 05 ދުވަހުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދޭން ވާނެއެވެ.
    • ގޯތި ޗެކްކުރާއިރު ގޯތީގެ އިންވަކިކޮށްފައި ނުވާނަމަ ގޯތީގެ އިންވަކި ކުރުމަށް 10 ދުވަހުގެ މުއްދަތެއް ލިޔުމުން ދިނުން (ސްލިޕް ދޫކުރުން) - ގޯތީގެ އިންވަކި ކުރުމަށް ދީފައިވާ ސްލިޕްގައިވާ ތާރީޚަށް އެކަންކޮށް ކައުންސިލްގެ އިދާރާއަށް އެންގުމުން ޚިދުމަތުގެ މަރުޙަލާތައް (މަތީގައިވާ ގޮތުގެމަތިން) ކުރިޔަށް ގެންދިޔުން. މިގޮތަށް ޚިދުމަތް ކުރިޔަށް ގެންދާނަމަ، ފޯމް ހުށަހެޅި ދުވަހުގެ ބަދަލުގައި ޚިދުމަތުގެ މުއްދަތުގެ ގުނާނީ ގޯތީގެ އިންވަކި ކުރުމަށްފަހު ކައުންސިލްގެ އިދާރާއަށް އެންގި ތާރީޚުން ފެށިގެންނެވެ.
    • ސްލިޕްގެ މުއްދަތުގައި ގޯތީގެ އިންވަކިކޮށްފައި ނުވާނަމަ، އިންވަކިކޮށްފައި ނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށް ދެވެންނެތްކަމަށް ލިޔުމުން ޖަވާބު ދިނުން.
    ގޯތި ރަޖިސްޓްރީ ކުރަން އެދޭ ފޯމް ޢިމާރާތާއި ގޯތި ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް ގޯތިގެދޮރުގެ އެކިއެކި ޚިދުމަތްތަކަށް އެދޭ ފޯމް

  • އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން (ރަޖިސްޓަރީ ގެއްލިގެން އަލުން ހެއްދުމަށް ހުށަހެޅުން)

    • އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުމަށް އެދޭ ފޯމް ހުށަހެޅުން
    • ޚިދުމަތަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
    • ޚިދުމަތަށް އެދޭ ފަރާތަށް ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުނުވެވޭނަމަ، ބަދަލުގައި ރަޖިސްޓަރީއާއި ޙަވާލުވުމަށް ފޯމްގައި ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
    • ކްލެރިފިކޭޝަން ފޯމް ހުށަހެޅުން (ރަޖިސްޓަރީއާއިބެހޭ މަޢުލޫމާތު ސާފުކުރާ ފޯމް)
    • ޚިދުމަތް ކުރިޔަށް ގެންދިޔުން (ޚިދުމަތުގެ މަރުޙަލާތައް) - ފޯމް ރަނގަޅަށް ފުރިހަމަކޮށްފައިވޭތޯ ޗެކްކުރުން - ފޯމް އެންޓްރީ ކުރުން - ކްލެރިފިކޭޝަން ފޯމް ފުރުމަށްޓަކައި ގޯތީގެ ވެރިފަރާތާއި ނުވަތަ އެޕްލިކޭޝަން ފޯމް ހުށަހެޅި ފަރާތާއި ވަގުތުން ޙަވާލުކުރުން. - އެޕްލިކޭޝަން ފޯމް ލިބިފައިވާކަމުގެ ސްލިޕް ފޯމް ހުށަހެޅި ފަރާތަށް ވަގުތުން ޙަވާލުކުރުން. - ރަޖިސްޓަރީއާއިބެހޭ މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވޭތޯ ބެލުމަށް ރަސްމީ 02 ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ރަސްމީ 07 ދުވަހުގެ މުއްދަތަށް ޢާއްމު އިޢުލާނެއް ކުރުން. - ކްލެރިފިކޭޝަން ފޯމް ފުރިހަމަކޮށް ހުށަހެޅުމުން، ފޯމްގައި ރަޖިސްޓަރީ ރަޙުނުކޮށްފައިވާކަމަށް އެއްވެސް ފަރާތަކުން ބަޔާންކޮށްފައި ނުވާނަމަ، އަދި 07 ދުވަހުގެ މުއްދަތަށް ކޮށްފައިވާ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެ ރަޖިސްޓަރީއާއިބެހޭ މަޢުލޫމާތެއް ލިބިފައިވާކަމަށް އަންގާފައިނުވާނަމަ، ޚިދުމަތުގެ މަރުޙަލާތައް ކުރިޔަށް ގެންދިޔުން. - އިޢުލާނުގެ މުއްދަތު ހަމަވެ، އަދި ކުލެރިފިކޭޝަން ފޯމް ހުށަހަޅާތާ ރަސްމީ 2 ދުވަހުގެ ތެރޭގައި ރަޖިސްޓަރީ ހެއްދުމަށް އެދިފައިވާ ގޯތީ އޮތީ އިންވަކިކޮށްފައިތޯ ކައުންސިލްގެ އިދާރާއިން ޗެކްކޮށް، އިންވަކިކޮށްފައިވާނަމަ، ގޯތީގެ ވެރިފަރާތް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ ޙާޟިރުގައި ގޯތީގެ މިންތައް ޗެކްކޮށް ނޯޓް ކުރުން. - ގޯތީގެ މިންތައް ނޯޓް ކުރުމަށްފަހު ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި ގޯތީގެ ވެރި ފަރާތަށް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތަށް ޢާއްމު އިޢުލާންގެ މުއްދަތު ހަމަވެފައިވާނަމަ، ކުލެރިފިކޭޝަން ފޯމް ހުށަހަޅާތާ، ލަސްވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި ސްލިޕަކުން އެންގުން. ޢާއްމު އިޢުލާންގެ މުއްދަތު ހަމަވުމުގެ ކުރިން ކުލެރިފިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހަޅައިފިނަމަ، ރަޖިސްޓަރީއާއި ޙަވާލުވުމަށްވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި އަންގާނީ ޢާއްމު އިޢުލާންގެ މުއްދަތު ހަމަވާތާ، ރަސްމީ 02 ދުވަހުގެ ތެރޭގައެވެ.
    • ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމް ފުރިހަމަވެ، އިޢުލާނުގެ މުއްދަތު ހަމަވެ، ކްލެރިފިކޭޝަން ފޯމް ހުށަހަޅާ އަދި ގޯތީގެ އިންވަކިކޮށްފައިވާނަމަ، ރަސްމީ 05 ދުވަހުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދޭން ވާނެއެވެ.
    • ގޯތި ޗެކްކުރާއިރު ގޯތީގެ އިންވަކިކޮށްފައި ނުވާނަމަ ގޯތީގެ އިންވަކި ކުރުމަށް 10 ދުވަހުގެ މުއްދަތެއް ލިޔުމުން ދިނުން (ސްލިޕް ދޫކުރުން) - ގޯތީގެ އިންވަކި ކުރުމަށް ދީފައިވާ ސްލިޕްގައިވާ ތާރީޚަށް އެކަންކޮށް ކައުންސިލްގެ އިދާރާއަށް އެންގުމުން ޚިދުމަތުގެ މަރުޙަލާތައް (މަތީގައިވާ ގޮތުގެމަތިން) ކުރިޔަށް ގެންދިޔުން. މިގޮތަށް ޚިދުމަތް ކުރިޔަށް ގެންދާނަމަ، އިޢުލާނުގެ މުއްދަތު ހަމަވެ، ކުލެރިފިކޭޝަން ފޯމް ހުށަހެޅި ތާރީޚުގެ ބަދަލުގައި ޚިދުމަތުގެ މުއްދަތުގެ ގުނާނީ ގޯތީގެ އިންވަކި ކުރުމަށްފަހު ކައުންސިލްގެ އިދާރާއަށް އެންގި ތާރީޚުން ފެށިގެންނެވެ.
    • ސްލިޕްގެ މުއްދަތުގައި ގޯތީގެ އިންވަކިކޮށްފައި ނުވާނަމަ، އިންވަކިކޮށްފައި ނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށް ދެވެންނެތްކަމަށް ލިޔުމުން ޖަވާބު ދިނުން.
    • ރަޖިސްޓަރީއާއި ބެހޭ މަޢުލޫމާތު ހޯދުމަށް ކުރި އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ރަޖިސްޓަރީގެ މަޢުލޫމާތު ލިބިފައިވާކަމަށް ހުށަހަޅާފިނަމަ، ނުވަތަ ކުލެރިފިކޭޝަން ފޯމުގައި ރަޖިސްޓަރީ ރަހުނުކޮށްފައިވާނަމަ، އެއްވެސް މާލީ އިދާރާއަކުން ބަޔާންކޮށްފައިވާނަމަ، އަލުން ރަޖިސްޓަރީ ހައްދައިދެވެން ނެތްކަމާއި، ރަޖިސްޓަރީއާއި ގުޅޭ ގޮތުން ހޯދާފައިވާ މަޢުލޫމާތު ގޯތީގެ ވެރިފަރާތަށް ލިޔުމުން ފޯރުކޮށް ދިނުން.
    ގޯތި ރަޖިސްޓްރީ ކުރަން އެދޭ ފޯމް ޢިމާރާތާއި ގޯތި ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް ގޯތިގެދޮރުގެ އެކިއެކި ޚިދުމަތްތަކަށް އެދޭ ފޯމް

  • މަގު ބަންދުކުރުމުގެ ހުއްދަ ދޫކުރުން

    • މަގު ބަންދުކުރުމުގެ ހުއްދައަށް އެދި މަގު ބަންދުކުރުމަށް ބޭނުންވާ ދުވަހުގެ ރަސްމީ 3 ދުވަހުގެ ކުރިން ޚިދުމަތަށް އެދި ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުން.
    • ހުއްދަ/ބޯޑު ދޫކުރުމަށްޓަކައި ބޭނުންވާ ފީ ދެއްކުން
    • ބޯޑާއި ޙަވާލުވާ ޝީޓްގައި ނަމާއި ސޮއި ކުރުމަށްފަހު މަގު ބަންދުކުރާ ހުއްދަ/ ބޯޑާއި ހަވާލުވުން
    • މަގު ބަންދުކުރުމަށް ހުއްދަ ދެވިފައިވާ ވަގުތު ހަމަވުމުން ސަރަޙައްދު ސާފުކޮށް ހުއްދަ ބޯޑު ކައުންސިލް އިދާރާއަށް ޙަވާލުކުރުން
    މަގުކޮނުމުގެ ހުއްދައަށް އެދޭ ފޯމް

  • މަގު ކޮނުމުގެ ހުއްދަ ދޫކުރުން

    • މަގު ކޮނުމުގެ ހުއްދައަށް އެދި މަގު ކޮނުމަށް ބޭނުންވާ ދުވަހުގެ ރަސްމީ 3 ދުވަހުގެ ކުރިން ޚިދުމަތަށް އެދި ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުން.
    • މަގުކޮނުމުގެ ހުއްދަ ދޫކުރުމަށް ހުށަހަޅާފައިވާ ސަބަބު ދިރާސާކުރުމަށްފަހު ހުއްދަ ދޫކުރުން
    • މަގުކޮނުމަށް ދޫކުރާ ހުއްދައިގެ ކޮޕީ އިންޖީނުގެ، ކޭބަލްޓީވީގެ ޚިދުމަތްދޭ ފަރާތްތަކަށް ލިޔުމުން ޙަވާލުކުރުން
    މަގުކޮނުމުގެ ހުއްދައަށް އެދޭ ފޯމް

  • އިމާރާތްކުރުމުގެ ހުއްދަ ދޫކުރުން

    • އިމާރާތްކުރުމުގެ ހުއްދައަށް އެދި ޚިދުމަތަށް އެދޭ ފޯމް ކައުންސިލް އިދާރާއަށް ހުށަހެޅުން.
    • އިމާރާތްކުރުމުގެ ހުއްދަ ދޫކުރުމުގެ ކުރިން ބަލަންޖެހޭ އެންމެހާ ކަންކަން ބަލާ ހުއްދަ ދޫކުރުމަށް ކަނޑައެޅިފައިވާ ރޭޓުން ފީ ނެގުމަށްފަހު ހުއްދަ ދޫކުރުން

  • ދަނޑުވެރިކަމަށް ބިންދޫކުރުން

    • ދަނޑުވެރިކަމަށް ބިން ދޫކުރާ ފޯމް ފުރިހަމަކޮށް ހުށަހެޅުން
    • ބިމާއި ޙަވާލުވެ އެއްބަސްވުމުގައި ސޮއިކުރުން

  • ވެލި އަކިރި ގާނެގުމުގެ ހުއްދަ ދޫކުރުން

    • މިނިސްޓްރީއިން ހުއްދަ ހޯދުމަށް އެދި ފޯމް ކައުންސިލް އިދާރާއަށް ހުށަހެޅުމުން އެ ފޯމް މިނިސްޓްރީއަށް ފޮނުވުން