އޮންލައިން ހިދުމަތްތައް

ދަނޑުބިންތަކުގެ އެއްބަސްވުންތަކުގެ މުއްދަތު އިތުރުކުރުން

9 އޮކްޓޯބަރ 2017އިޢުލާން
ރަށުގެ ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރުމަށް މިއަހަރުގެ ތެރޭގައި ދޫކުރެވިފައިވާ ދަނޑުބިމުގެ މުއްދަތު 6 މަސްދުވަސް 12 ސެޕްޓެމްބަރ 2017 އަށް ހަމަވާނެއެވެ. މިމުއްދަތު ހަމަވިއިރުވެސް ގިނަ ފަރާތްތަކަކުން ދަނޑުވެރިކަން ކުރަމުން ގެންދާތީއާއި އިތުރު މުއްދަތު ބޭނުންކަމަށް ގިނަ ފަރާތްތަކަކުން އެދެމުންދާތީވެ، 12 ސެޕްޓެމްބަރ 2017 އިން ފެށިގެން 4 މަސްދުވަހުގެ މުއްދަތުވަނީ އިތުރުކޮށްދެވިފައެވެ. މިމުއްދަތުގެ ފަހުން މުބުރުގައު އެބިމުގައި ދަނޑުވެރިކަމެއް ނުކުރެވޭނެއެވެ.
ވީމާ، ހުރިހާ ދަނޑުވެރިންވެސް މިއިދާރާއަށް ޙާޟިރުވެ އެއްބަސްވުން އާކުރެއްވުމަށް ދެންނެވީމެވެ.