އޮންލައިން ހިދުމަތްތައް

ޤައުމީ ދުވަސް ފާހަގަކުރުމަށް ދިދަ ނެގުމުގެ ރަސްމިއްޔާތެއް ކުރިޔަށްގެންގޮސްފި

21 ނޮވެމްބަރ 2017ހަރަކާތްތައްޚަބަރު

މިއަހަރުގެ ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތެއް 18 ނޮވެމްބަރ 2017 ވީ ހޮނިހިރު ދުވަހުގެ ރޭ ބާއްވައިފިއެވެ. މިރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވީ ފައިނު ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ނާޞިރެވެ. ދިދަ ނެގުމަށްފަހު ޤައުމީ ސަލާމް ކިޔުން އޮތެވެ.
މިރަސްމިއްޔާތު ނިމިގެން ދިޔައީ، ރަސްމިއްޔާތުގައި ބައިވެރިވި ފަރާތްތަކަށް އެެރުވުނު ބިލެއް މީރުކޮށްލުމަކުންނެވެ. މިރަސްމިއްޔާތުގައި ރަށުގެ ކުދިބޮޑު ގިނަ ބަޔަކު ބައިވެރިވެލެއްވިއެވެ.