އޮންލައިން ހިދުމަތްތައް

ރައްޔިތުންނާއި ބައްދަލު ކުރުމުގެ ޖަލްސާގެ ދަޢުވަތު

18 ފެބްރުއަރީ 2018އިޢުލާން
ފާއިތުވެދިޔަ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި، މި ހިނގާ އަހަރުގެތެރޭގައި ކުރުމަށްރޭވިފައިވާ މަސައްކަތު ތާވަލުގައިވާ ކަންކަން ރަށުގެ ލޮބުވެތި ރައްޔިތުންނާ ޙިއްޞާކުރުމުގެ ޖަލްސާ 23 ފެބުރުއަރީ 2018 ވާ ހުކުރު ދުވަހުގެރޭ 21:00 ގައި ފައިނު ސްކޫލް ހޯލްގައި ބާއްވާގޮތައްވަނީހަމަޖެހިފައެވެ. މިޖަލްސާގައި ފާއިތުވެދިޔަ އަހަރުގެތެރޭގައި ރަށުގެ ތަރައްޤީއަށްކުރެވިފައިވާ ކަންތައްތަކާއިބެހޭ މަޢުލޫމާތާއި މި 2018 ވަނަ އަހަރު ކުރުމަށްހުރި ކަންތަކާއި ބެހޭގޮތުން މަޢުލޫމާތު ޙިއްޞާކުރުން އޮންނާނެއެވެ އެހެންކަމުން ރަށުގެ ލޮބުވެތި ރައްޔިތުންގެ ތެރެއިން ވާހާ ގިނަ ބޭފުޅުން މިޖަލްސާގައި ބައިވެރިވެ ވަޑައިގެންދެއްވުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކެމެވެ.
ވީމާ، މިޖަލްސާއަށް ރަށުގެ ލޮބުވެތި ރައްޔިތު ފިރިހެން ބޭފުޅުންނާއި އަންހެން ބޭކަނބަލުން ވަޑައިގެން ދެއްވުންއެދި ދެންނެވީމެވެ.
ނަންބަރު: (IUL)311/311/2018/4