އޮންލައިން ހިދުމަތްތައް

ރައްޔިތުންގެ ކަށިކެޔޮ ގަސްތައް ކުއްޔަށް ދޫކުރުން -3

27 މާރޗް 2018އިޢުލާން
ރައްޔިތުންގެ ކަށިކެޔޮގަސްތައް ކުއްޔަށް ދޫކުރުމަށްޓަކައި މިއިދާރާއިން ކުރި ނަމްބަރ (IUL)311/311/2018/14 އިޢުލާނާއި ގުޅިގެން އަގު ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލެމެވެ. މިއީ މިކަމަށް ކުރެވޭ 3 ވަނަ އިޢުލާނެވެ. މިގަސްތައް ކުއްޔަށްދޫކުރުމަށް ހަމަޖެހިފައިވަނީ ތިރީގައިމިވާ ކަންކަމަށްބަލާ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ ފަރާތަކާއި މިއިދާރާއާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
ވީމާ، ރައްޔިތުންގެ ކަށިކެޔޮގަސްތައް 1 އަހަރުގެ މުއްދަތަށް ކުއްޔަށް ހިފަން އެދޭ ފަރާތްތަކުން 02 އޭޕްރިލް 2018 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 އަށް ކައުންސިލް އިދާރާއަށް ދުރުވެ ސިޓީއަކުން އަގު ހުށަހެޅުއްވުން އެދެމެވެ. އަދި އެހެން ފަރާތެއްގެ ބަދަލުގައި ޙާޟިރުވާނަމަ އެކަން އެނގޭނެ ލިޔުމެއް ގެންނަން ވާނެއެވެ. ސިޓީއުރައިގެ ބޭރުގައި "ކަށިކެޔޮގަސްތައް ކުއްޔަށް ހިފުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އެންމެފަހުން ކަށިކެޔޮގަސްތައް ކުއްޔަށް ދޫކުރެވިފައިވާ ކުއްޔަކީ 1 އަހަރުގެ މުއްދަތަށް -/1200 (އެއްހާސް ދުއިސައްތަ ރުފިޔާ) އެވެ.
މިކަމަށް އެދި ހުށަހަޅާ ސިޓީގައި ތިރީގައިވާ ކަންކަން ހިމަނަންވާނެއެވެ.
1. ކަށިކެޔޮގަސްތައް ޙަވާލުވުމަށް ހުށަހަޅާކުލި:
2. ކަށިކެޔޮގަސް ދިރުވާ އާލާކުރުމަށް ކުރާނެ މަސައްކަތުގެ ތަފްޞީލް:
3. ކަށިކެޔޮގަސްތަކުން ލިބޭ ތަކެތި ބޭނުންކުރުމުގައި ރަށުގެ ރައްޔިތުންނަށް އިސްކަންދޭނެ މިންވަރާއި ކުރާނެ ފައިދާ:
ހުށަހަޅާހުށަހެޅުންތަކަށް މާކުސްދެވޭނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.
• ކުއްޔަށް: %60
• ކަށިކެޔޮގަސްތައް ދިރުވާ އާލާކުރުމަށް ހުށަހަޅާ ހުށަހެޅުން: %25
• ކަށިކެޔޮގަހުން ލިބޭތަކެތި ބޭނުންކުރުމުގައި ރައްޔިތުންނަށް އިސްކަންދޭ މިންވަރަށް: %15
‏11‏ ރަޖަބު‏ 1439
‏27‏ މާޗް‏ 2018
ނަންބަރު: (IUL)311/311/2018/17