އޮންލައިން ހިދުމަތްތައް

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ -2

27 މާރޗް 2018އިޢުލާން
މިހިނގާ 2018 ވަނަ އަހަރުގެ ނިޔަލަށް މިއިދާރާއާއި ރ. ފައިނު މެޖިސްޓްރޭޓް ކޯޓް ހިމެނޭ ޢިމާރާތުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރ (IUL)311/311/2018/15 އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވެފައިވަނީ 2 ފަރާތުން ކަމަށްވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. މިއީ މިކަމަށްޓަކައި ކުރެވޭ 2 ވަނަ އިޢުލާނެއެވެ.
ވީމާ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން 2 އޭޕްރިލް 2018 ވާ ހޯމަ ދުވަހުގެ 13:00 އަށް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 4 އޭޕްރީލް 2018 ވާ ބުދަދުވަހުގެ 13:00ގައި މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅުއްވޭނީ 1 އަންދާސީ ހިސާބެވެ. އަދި އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ.
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑިގައިނަމަ 6580072 ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ.
‏11‏ ރަޖަބު‏ 1439
‏27‏ މާޗް‏ 2018
ނަންބަރު: (IUL)311/311/2018/18