އޮންލައިން ހިދުމަތްތައް

ބަނދަރުގެ ފެން އިސްކުރުބަރިން ފެން ބޭނުން ކުރުމުގެ އުޞޫލް އާންމު ކުރުން

22 އޭޕްރީލް 2018އިޢުލާން
މިރަށުގެ ބަނދަރުން ފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި މިކައުންސިލުން ޤާއިމް ކޮށްފައިވާ އިސްކުރުބަރިން ފެން ދޫކުރުމުގައި ޢަމަލު ކުރުމަށް ކައުންސިލުން އެކުލަވާލާ 11 އޭޕްރިލް 2018 ވަނަ ދުވަހު ބޭއްވުނު ކައުންސިލްގެ އާންމު ބައްދަލުވުމުން ފާސްކުރައްވާފައިވާ ޢުޞޫލް މިއިޢުލާނާއިއެކު އާންމު ކުރީމެވެ.
ވީމާ، މިދެންނެވި އިސްކުރުބަރިން ފެން ބޭނުން ކުރުމުގައި އެކަމަށް ކަނޑައެޅިފައިވާ ޢުޞޫލާއި އެއްގޮތަށް ޚިދުމަތް ލިބިގަންނަ އެންމެހާ ފަރާތްތަކުންވެސް ޢަމަލު ކުރަމުން ގެންދިޔުމަށް ދަންނަވަމެވެ. އަދި މިފަދަ ޚިދުމަތެއް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގައި އެންމެހާ ބޭފުޅުންގެ އެހީތެރިކަމާއި އެއްބާރުލުން މިކަމުގައި މިކައުންސިލަށް ބޭނުންވާ ވާހަކަވެސް ދަންނަވަމެވެ.
‏4 ޝަޢްބާން‏ 1439
‏19‏ އޭޕްރިލް‏ 2018
ނަންބަރު: (IUL)311/311/2018/23
ބަނދަރުގެ ފެން އިސްކުރުބަރިން ފެން ދޫކުރުމުގެ އުޞޫލް