އޮންލައިން ހިދުމަތްތައް

ރައްޔިތުންނާއި ބައްދަލު ކުރުމުގެ ޖަލްސާގެ ދަޢުވަތު

22 ޖުލައި 2018އިޢުލާން
ނަންބަރު(IUL)311/311/2018/39
ތާރީޚް22 ޖުލައި 2018
ތާރީޚް ހ09 ޛުލްޤައިދާ 1439
ގުޅުންހުރި ފައިލްޑައުންލޯޑް

ކުރިޔަށްއޮތް 2019 ވަނަ އަހަރުގެ ކައުންސިލްގެ މަސައްކަތު ތާވަލާއި، ބަޖެޓާއި ބެހޭގޮތުން ރައްޔިތުންގެ ޙިޔާލު ހޯދުމަށާއި މި 2018 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓް ރަށުގެ ރައްޔިތުންނާއި ޙިއްޞާކުރުމުގެ ގޮތުން ބާއްވާ ޖަލްސާ 28 ޖުލައި 2018 ވާ ހޮނިހިރު ދުވަހުގެރޭ 21:00 ގައި ފައިނު ސްކޫލް ހޯލްގައި ބާއްވާގޮތައް ވަނީ ހަމަޖެހިފައެވެ.

މިޖަލްސާގައި ކުރިޔަށްއޮތް އަހަރު ރައްޔިތުންގެގޮތުން ކުރެވޭނެ ކަންތައްތަކާއި ކައުންސިލްގެ ބަޖެޓްގެތެރެއިން ކުރާނެކަންތައްތަކެއް ކަޑައެޅުމާއިބެހޭގޮތުން މަޝްވަރާކުރުން އޮންނާނެއެވެ.

އެހެންކަމުން ރަށުގެ ލޮބުވެތި ރައްޔިތުންގެ ތެރެއިން ވާހާ ގިނަ ބޭފުޅުން މިޖަލްސާގައި ބައިވެރިވެ ވަޑައިގެންދެއްވުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކެމެވެ. މިއިޢުލާނާއި އެކު 2019 ވަނަ އަހަރަށް ލަފާކުރާ މަސައްކަތު ތާވަލާއި ބަޖެޓާއި ބެހޭ މަޢުލޫމާތު ހިމެނިފައިވާނެއެވެ. އަދި މިދެންނެވި މަޢުލޫމާތާއި 2018 ވަނަ އަހަރުގެ ފުރަތަމަ 6 މަހުގެ ރިޕޯޓް މިކައުންސިލްގެ ވެބްސައިޓް (www.fainucouncil.gov.mv) ގައިވެސް ޝާޢިއު ކުރެވިފައިވާނެއެވެ.

ވީމާ، މިޖަލްސާއަށް ރަށުގެ ހުރިހާ ލޮބުވެތި ރައްޔިތު ފިރިހެން ބޭފުޅުންނާއި އަންހެން ބޭކަނބަލުން ވަޑައިގެން ދެއްވުންއެދި ދެންނެވީމެވެ.