އޮންލައިން ހިދުމަތްތައް

ގޯތިންބޭރުގައިހުރި މީސްމީހުންގެ ރުއް ގަހުގައި ނަމްބަރ ޖެހުމަށްފަހު މަޢުލޫމާތު ފޮނުވުމާއިބެހޭ

31 ޖުލައި 2018އިޢުލާން
ނަންބަރު(IUL)311/311/2018/40
ތާރީޚް30 ޖުލައި 2018

މިރަށުގައި އެއަރޕޯޓެއް އެޅުމަށް ސަރުކާރުން ނިންމަވާ އެމަސައްކަތް ކުރުމަށް ތައްޔާރުވަމުންދާ މިދަނޑިވަޅުގައި ގޯތިންބޭރުގައިހުރި އަމިއްލަ މީސްމީހުންގެ ރުއްގަހުގެ މަޢުލޫމާތު ހޯދަންބޭނުންވެއެވެ. ގޯތިންބޭރުގައި ހުންނަ ރުއްގަހުގެ މަޢުލޫމާތަކީ ތާޒާކަމާއިއެކު އަބަދުވެސް ކައުންސިލްއިދާރާގައި ހުންނަންޖެހޭނެ މަޢުލޫމާތެކެވެ. މިކަމުގެބޭނުމަކީ އެކިއެކިބޭނުންތަކަށް ރަށުގެބިން ބޭނުންކުރަންޖެހޭއިރު އެބިންތަކުގައި ހުންނަ ރުއްގަހަށް ބަދަލުދީ ނަގަންބޭނުންވާ ރުއްގަސް ނެގުމަށް ފަސޭހަވުމެވެ. ރުއްގަހުގެ މަޢުލޫމާތު ނެގުމުގެކުރިން ކޮންމެ މީހެއްގެ ރުއްގަހުގައި ގޭގެ ނަމްބަރ ޖަހަންވާނެއެވެ. ނަމްބަރ ޖަހާނީ ތިރީގައި ގޭގެ ނަމްބަރ ޖެހުމަށްފަހު މަތީގައި ރުއްގަހުގެ ތަރުތީބު ނަމްބަރ ޖަހާގޮތަށެވެ. މިސާލަކަށްގޭގެ ނަމްބަރަކީ 2 ކަމުގައިވެފާ ރުކުގެ ޢަދަދަކީ 1 ކަމުގައިވާނަމަ 1/2 މިގޮތަށެވެ. ކުރިންޖަހާފައިހުރި ނަމްބަރ ފިލާފައިވާނަމަ ނުވަތަ ފަޑުވުމުގެ ސަބަބުން ކިޔަންނޭގޭނަމަ އަލުން ނަމްބަރ އާކުރަންވާނެއެވެ.

ީމާ،ގޯތިންބޭރުގައިހުރި ރުއްގަހުގެތެރެއިން އަމިއްލަ މީސްމީހުންގެ ރުއްގަހުގެ ތިރީގައިއެވާ މަޢުލޫމާތު 07 އޯގަސްޓް 2018 ވަނަދުވަހުގެ އޮފީސް ބަންދުވުމުގެކުރިން މިއިދާރާއަށް ފޮނުއްވުންއެދެމެވެ.

1- ރުއްގަހުގެ ވެރިފަރާތުގެ ނަމާއި އެޑްރެސް އަދި އައިޑީ ކާޑް ނަމްބަރ 2- ރުއްގަހުގެ ބާވަތާއި ޢަދަދު އަދި ސައިޒް 3- ރުއްގަސް ހުރި ސަރަޙައްދުގެ ނަން. 4- ރުއްގަހުގައި ޖަހާފާހުރި ނަމްބަރ