އޮންލައިން ހިދުމަތްތައް

ގޯތި ގެދޮރުގެ އެކިއެކި ޚިދުމަތަށް އެދި ފޯރމް ހުށަހަޅާގޮތަށް ހަމަޖެއްސުން

28 އޯގަސްޓް 2018އިޢުލާން
ނަންބަރު(IUL)311/311/2018/43
ތާރީޚް26 އޯގަސްޓް 2018
ތާރީޚް ހ17 ޛުލްހިއްޖާ 1439
ގުޅުންހުރި ފައިލްގޯތިގެދޮރާއި ގުޅޭ އެކި ޚިދުމަތްތަކަށް އެދޭ ފޯމް

ގޯތި ގެދޮރުގެ އެކިއެކި ޚިދުމަތްތަކަށް އެދޭއިރު ތިރީގައި މިދަންނަވާ ފޯމް މިއިދާރާއަށް ހުށަހަޅާގޮތަށް ހަމަޖައްސައިފީމެވެ. މިގޮތަށް ހަމަޖައްސަން ޖެހުނީ ގޯތީގެ ވަށާފާރު ރޭނުމަށް ޕައުންޑޭޝަން އެޅުފަދަ ކަންކަން ކުރުމަށް ހުށަހަޅާއިރު ބައެއް ފަރާތްތަކުން ގޯއްޗާއި، ގޯއްޗާއި ގުޅިފައިވާ މަގުތައް ސާފުކޮށް ބަލަހައްޓަމުން ނުދާތީ، މަގާއި، ގޯޅި ތެދުކުރުމަށް ރޯލުދެމުމުގެ މަސައްކަތް ކުރުމަށް ދަތިތަކާއި ކުރިމަތިވާތީއެވެ.

ވީމާ، ގޯތިގެދޮރުގެ ވަށާފާރު ރޭނުންފަދަ ކަންކަމަށް ހުށަހަޅުއްވާއިރު ތިރީގައިމިވާ ފޯރމް ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ. ގޯތި ގެދޮރުގެ އެކިއެކި ކަންކަމަށް ހުށަހަޅާ ފޯރމް މިއިޢުލާނާއިއެކު މިވަނީއެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.