އޮންލައިން ހިދުމަތްތައް

ފައިނުގައި އެޅުމަށް ހަމަޖެހިފައިވާ އެއަރޕޯޓްގެ އީއައިއޭ ހެދުމުގެ މަސައްކަތް ފަށައިފި

15 އޯގަސްޓް 2018ހަރަކާތްތައްޚަބަރު

ފައިނުގައި ސަރުކާރުން އެޅުމަށް ހަމަޖެހިފައިވާ އެއަރޕޯޓްގެ އެންވަޔަރަންމަންޓަލް އިންޕެކްޓް އެސެސްމެންޓް (އީ.އައި.އޭ) ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

މިމަސައްކަތް 8 އޯގަސްޓް 2018 ވަނަ ދުވަހު ފެށިފައިވާއިރު މިމަހުގެ 11 އާއި ހަމައަށް މަސައްކަތްތައް ކުރިޔަށްދާނެކަމަށް އީ.އައި.އޭގެ މަސައްކަތް ކުރައްވާ ފަރާތުން މަޢުލޫމާތު ދެއްވައެވެ. ފައިނުގައި ހަދާ އެއަރޕޯޓްގެ އީ.އައި.އޭގެ މަސައްކަތް ހަވާލު ކުރައްވާފައިވަނީ ވޯޓަރ ސޮލިއުޝަންއާއެވެ.

އީ.އައި.އޭ ހެދުމުގެ މަސައްކަތުގެ ތެރެއިން ރަށުގެ އެކި ސަރަޙައްދުތައް ބަލާ ދިރާސާކުރުމާއި ހިޔާލު ހޯދުމުގެ މަސައްކަތް އެފަރާތުން ގެންދަވަނީ ކުރައްވަމުންނެވެ.