އޮންލައިން ހިދުމަތްތައް

ފެނުގެ ހާލަތު ދެނެގަތުމުގެ ސާވޭއެއް ކުރުމަށް ޓީމެއް ވަޑައިގަންނަވައިފި

4 ޑިސެމްބަރ 2018ހަރަކާތްތައްޚަބަރު

ހޫނު މޫސުމުގައި ރާއްޖޭގެ ރަށްތައް ފެނަށްޖެހުމުގެ މައްސަލަ ޙައްލު ކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) ގެ ހިލޭ އެހީގެ ދަށުން "ވޯޓަރ ސެކިއުރިޓީ ޕްލޭން" އެއް އެކުލަވާލުމަށްޓަކައި ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ޓީމެއް ޒިޔާރަތް ކުރައްވައިފިއެވެ.

މިޓީމްގައި ހިމެނެނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ބޭފުޅާކާއި ޕްރޮޖެކްޓް ކޮންސަލްޓެންޓެވެ.

މިޓީމުންވަނީ ރަށުގެ އެކި ދާއިރާތަކުން ކަމާއި ގުޅޭ މަޢުލޫމާތު އެއްކުރައްވާފައެވެ. އެގޮތުން، ކައުންސިލާއި ކައުންސިލްގެ އިދާރާގެ މުވައްޒަފުން ހިމެނޭގޮތަށް ބައްދަލުވުމެއް ބޭއްވުނެވެ. އެއަށްފަހު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއިއެކު ބައްދަލުވުމެއް ބޭއްވުނެވެ. އަދި ރަށުގެ ދަނޑުވެރިން، މަސްވެރިން، ވިޔަފާރިވެރިން އަދި ކުލަބްޖަމްޢިއްޔާތައް ހިމެނޭގޮތަށް ބައްދަލުވުމެއް ބާއްވާ މަޢުލޫމާތު އެއްކުރެއްވިއެވެ.