ނަންބަރު(IUL)311/311/2019/19
ތާރީޚް18 މާރޗް 2019
ތާރީޚް ހ12 ރަޖަބް 1440
ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ދިނުމަށްޓަކައި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ހެއްދުމަށް އެދޭ ފަރާތްތަކުން 25 މާރޗް 2019 ވާ ހޯމަ ދުވަހުގެ ކުރިން ކާޑު ހެއްދުމަށް އެދި މިކައުންސިލަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. މިތާރީޚްގެ ފަހުން ކާޑު ހެއްދުމަށް ހުށަހަޅާ ފަރާތްތަކުގެ ކާޑު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކުރިން ނުލިބުން އެކަށީގެންވާކަމަށް އައިޑީކާޑް ޑިޕާޓްމަންޓުންވަނީ އަންގަވާފައެވެ.
ވީމާ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓްދިނުމަށް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމަށް ބޭނުންވާ ފަރާތްތަކުން 25 މާރޗް 2019 ގެ 12:00 ގެ ކުރިން އައިޑީކާޑް ހެއްދުމަށް އެދި ފޯމް ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
