މިއަހަރުގެ ރަމަޟާން މަހު މިރަށު ހުކުރު މިސްކިތް މަސްޖިދުލް ފަލާޙްގައި ޙިފްޒްކޮށް ތަރާވީޙް ނަމާދު ކުރުމަށް ގެނެވުނު ޙާފިޒްގެ އަގުވަޒަން ކުރުމުގެ ގޮތުން ކުޑަ ހަފްލާއެއް ބާއްވައިފިއެވެ. މިޙަފްލާ އޮތީ 03 ޖޫން 2019 ވަނަ ދުވަހުގެ ރޭގަނޑު 9:30 ގައެވެ.
މިހަފްލާގައި އެބޭފުޅާ ކޮށްދެއްވި މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުމެއް އެރުވިފައިވެއެވެ. އަދި ކައުންސިލަރުންގެ ފަރާތުން ފައިސާގެ ހަދިޔާއެއްވެސް އެރުވުނެވެ.

