އޮންލައިން ހިދުމަތްތައް

ރުއްގަހާއިބެހޭ ޤަވާއިދު އެކުލަވާލުމުގެ ކޮމެޓީގައި ބައިވެރިވުމުގެ ފުރުޞަތު

10 ޖޫން 2019އިޢުލާން
ނަންބަރު(IUL)311/311/2019/38
ތާރީޚް10 ޖޫން 2019
ތާރީޚް ހ7 ޝައްވާލް 1440

ޤާނޫނު ނަމްބަރ 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 152 ވަނަ މާއްދާގައި ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދާއިރާގެ ތެރޭގައި މިރަށުގެ ރުއްގަހާއިބެހޭ ޤަވާއިދެއް އެކުލަވާލުމަށްޓަކައި މިކައުންސިލުން އުފައްދާ ކޮމެޓީގައި ރަށުގެ އާންމު ރައްޔިތުންގެ ތެރެއިން 2 ބޭފުޅަކު ހިމަނަން ބޭނުންވެއެވެ. މިގޮތުން ހިމަނާ 2 ބޭފުޅުންނަކީ ޝަރުއީ ނުވަތަ ޤާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ، ކުރައްވާފައި ނުވަތަ މިފަދަ ކަންކަންމާއިބެހޭ މަޢުލޫމާތު ލިބިލައްވާފައިވާ ފަރާތެއްކަމުގައި ވުމަކީ މުހިންމު ކަމެކެވެ. މިގޮތުން އައްޔަން ކުރެވޭ ބޭފުޅުން ކޮމެޓީގައި މަސައްކަތް ކުރައްވާނީ އެއްވެސް އުޖޫރައެއް ނެތި ރަށުގެ ކުރިއެރުމާއި ތަރައްޤީއަށް ކޮށްދެއްވާ ކަމެއްގެ ގޮތުގައެވެ.

ވީމާ، މިކަމަށް އެދިލައްވާ ބޭފުޅުންގެ ނަމާއި އެޑްރެސް އަދި ފޯނު ނަމްބަރ އެނގޭނެގޮތަށް ސިޓީއަކުން 13 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެންގެވުން އެދެމެވެ.