އޮންލައިން ހިދުމަތްތައް

ބެޗެލަރސް އޮފް ހިޔުމަންރިސޯސް މެނޭޖްމަންޓް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު

10 ޖޫން 2019އިޢުލާން
ނަންބަރު(IUL)311/311/2019/36
ތާރީޚް02 ޖޫން 2019
ތާރީޚް ހ28 ރަމަޟާން 1440

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ރ. އަތޮޅު ކައުންސިލް އިދާރާ ގުޅިގެން މިއަހަރުގެ އޯގަސްޓް މަހުގައި ރ. އުނގޫފާރުގައި ބެޗްލަރސް އޮފް ހިޔުމަން ރިސޯސް މެނޭޖްމަންޓް ކޯސް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިކޯހުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު 18 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. ކޯހާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އަށް ޒިޔާރަތް ކުރެއްވުން އެދެމެވެ. އަދި 3345155 ނަމްބަރ ފޯނާއި ގުޅުއްވައިގެންވެސް މަޢުލޫމާތު ސާފުކުރެއްވޭނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.