އޮންލައިން ހިދުމަތްތައް

ރައްޔިތުންނާއި ބައްދަލުކުރުމުގެ ޖަލްސާ ފަސްކުރުން

25 ޖުލައި 2019އިޢުލާން
ނަންބަރު(IUL)311/311/2019/46
ތާރީޚް25 ޖުލައި 2019
ތާރީޚް ހ23 ޛުލްޤައިދާ 1440

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ބާއްވާ ބައްދަލުވުމަކަށް އެމިނިސްޓްރީން ލިބިފައިވާ ދަޢުވަތަކަށް މިކައުންސިލްގެ ޓީމެއް މާލެއަށް ދަތުރެއް ކުރަން ޖެހުމުގެ ސަބަބުން 26 ޖުލައި 2019 ވަނަ ދުވަހު ބޭއްވުމަށް އިޢުލާން ކުރެވިފައިވާ، ޖުލައި މަހު ބާއްވަންޖެހޭ ރައްޔިތުންގެ ބައްދަލުވުން 27 ޖުލައި 2019 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 8:45 އަށް ބަދަލު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މިބައްދަލުވުމުގައި، ކުރިޔަށް އޮތް 2020 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ޙިއްސާ ކުރުން އޮންނާނެއެވެ.

ވީމާ، މިޖަލްސާއަށް ރަށުގެ ލޮބުވެތި ރައްޔިތު ދެޖިންސުގެ އެންމެހާ ބޭފުޅުން ވަޑައިގެން ދެއްވުންއެދި ދެންނެވީމެވެ.