ނަންބަރު(IUL)311/311/2019/52
ތާރީޚް11 ސެޕްޓެމްބަރ 2019
ތާރީޚް ހ12 މުހައްރަމް 1440
މިކައުންސިލްގެ ނަންބަރ (IUL)311/311/2019/39 (04 ޖުލައި 2019) އިޢުލާނުގައިވާ އަތޮޅު ޤުރުއާން މުބާރާތް ކުރިން ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚް ފަސްކުރެވިފައިވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލެމެވެ.
އަތޮޅު ޤުރުއާން މުބާރާތް 15 ނޮވެމްބަރ 2019 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާތީ، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ނަން ނޯޓް ކުރުމުގެ ފުރުޞަތު މިއަދުން ފެށިގެން 18 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލަމެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 18 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ ކުރިން މިއިދާރާއަށް ދުރުވެ ނަން ނޯޓް ކުރެއްވުން އެދެމެވެ. އަދި މި މުބާރާތުގައި ނަން ނޯޓްކުރާ ފަރާތްތަކުގެ މެދުގައި އޮޑިޝަން ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
