އޮންލައިން ހިދުމަތްތައް

އިންޖީނުގެ އަޅާ ބިމުގައި އަމިއްލަ މީހެއްގެ ތަކެތި ހުރިނަމަ އެތަކެތި ނެގުމަށް އެންގުން

28 އޮކްޓޯބަރ 2019އިޢުލާން
ނަންބަރު(IUL)311/311/2019/59
ތާރީޚް28 އޮކްޓޯބަރ 2019
ތާރީޚް ހ29 ޞަފަރު 1441

މިރަށުގައި އިންޖީނުގެ އެޅުމަށް ފެނަކަ ކޯޕަރޭޝަނަށް ދޫކުރެވިފައިވާ ގޯތިތެރޭގައި އަމިއްލަ މީހެއްގެ އެއްވެސް އެއްޗެއްވާނަމަ މިއަދު 28 އޮކުޓޯބަރ 2019 ވަނަ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި އެތަކެތި ނަގާ ނިންމުމަށް ދެންނެވީމެވެ. އަދި އެމުއްދަތުގެ ތެރޭގައި ނުނަގާ ހުންނަ ތަކެތި ކައުންސިލްގެ ފަރާތުން އެތަކެތި ނަގާތަން ސާފުކުރެވޭނެކަމަށާއި، އެތަކެތި ނަގާ ނެގުމުގައި ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ މިކައުންސިލުން ނުއުފުލާނެކަމުގައި ދެންނެވީމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.