އޮންލައިން ހިދުމަތްތައް

ރ. ފައިނު ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި

31 އޮކްޓޯބަރ 2019ހަރަކާތްތައްޚަބަރު

ފައިނުގައި ސަރުކާރުން ޤާއިމްކޮށްދެއްވާ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.

މިއީ، ޗައިނާ ސަރުކާރުގެ އެހީތެރިކަމާއިއެކު ސަރުކާރުން ޤާއިމް ކޮށްދެއްވި ދަނޑެކެވެ. މިހާރު ކައުންސިލުން ތައްޔާރުވަމުން ދަނީ، ދަނޑު ހުޅުވުމުގެ ކުރިން ސަރަޙައްދު ސާފުކުރުމާއި ޗޭންޖިންރޫމާއި ދަނޑާއި ދޭތެރޭ ތަޅުމެއް އެޅުމާއި އެފަދަ މަސައްކަތްތައް ފުރިހަމަ ކުރުމަށެވެ.

އަދި ފުޓްސަލް ދަނޑު ބޭނުން ކުރާނެ ގޮތުގެ އުޞޫލް އެކުލަވާލުމުގެ މަސައްކަތްވެސް މިހާރުދަނީ ކުރިޔަށެވެ. އެގޮތުން، އުޞޫލެއް ޑްރާފްޓް ކުރެވި ޒުވާނުންނާއި ކުލަބް ޖަމްޢިއްޔާތަކާއި އެކު ބައްދަލުކޮށް ހިޔާލާއި މަޝްވަރާ ވަނީ ހޯދިފައެވެ.