އޮންލައިން ހިދުމަތްތައް

ފައިނު ކައުންސިލްގެ ފުރަތަމަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

17 ނޮވެމްބަރ 2019އިޢުލާން
ނަންބަރު(IUL)311/311/2019/61
ތާރީޚް17 ނޮވެމްބަރ 2019
ތާރީޚް ހ‏20‏ ރަބީޢުލްއައްވަލް‏ 1441‏
ގުޅުންހުރި ފައިލްމުބާރާތުގެ ޤަވާއިދު

މިރަށުގެ ރައްޔިތުންނަކީ ކީރިތި ޤުރްއާނަށް ލޯބި ޖެހިފައިވާ އަދި ތަޖުވީދުމަގުން ރީތިކޮށް ޤުރްއާން ކިޔަވާ ބަޔަކަށް ހެދުމުގެ މަޤްޞަދުގައި މިއަހަރުގެ ތެރޭގައި މިކައުންސިލުން ޤުރްއާން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 1 ޑިސެމްބަރ 2019 ވަނަ ދުވަހުއެވެ. މިމުބާރާތުގެ ޤަވާއިދު މިއިޢުލާނާއިއެކު އާންމު ކުރެވިފައިވާނެއެވެ.

ވީމާ، މިމުބާރާތުގައި ބައިވެވާން ބޭނުންފުޅުވާ ފަރާތްތަކުން 21 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މިއިދާރާއިންނާއި މިކައުންސިލްގެ ވެބްސައިޓް www.fainucouncil.gov.mv އިން ލިބެން ހުންނާނެއެވެ.