އޮންލައިން ހިދުމަތްތައް

ދަނޑުވެރިންނަށް ބޭނުންވާ ގަސްކާނާއާއި ބޭސް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

10 ފެބްރުއަރީ 2020އިޢުލާން
ނަންބަރު(IUL)311/311/2020/11
ތާރީޚް10 ފެބްރުއަރީ 2020
ތާރީޚް ހ16 ޖުމާދުލްއާޚިރާ 1441

މިރަށު ދަނޑުވެރިންނަށް ބޭނުންވާ ތިރީގައި އެވާ ގަސްކާނާއާއި ބޭސް، މިރަށު ބަނދަރާއި ހަމައަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަމްބަރ (IUL)311/311/2020/9 (04 ފެބްރުއަރީ 2020) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރަން ޙާޟިރުވީ އެންމެ ފަރާތެއް ކަމަށްވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ތިރީގައި އެވާ ތަކެތި މިރަށު ބަނދަރާއި ހަމައަށް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

• 1340 ބަސްތާ ގެރިގުއި (25 ކިލޯގެ)
• 195 ޕެކެޓް އެން.ޕީ.ކޭ 20:20:20 (2 ކިލޯގެ)
• 280 ޕެކެޓް ބާސް (ނަމްބަރ 8)
• 165 ޕެކެޓް ޔޫރިޔާ (1 ކިލޯގެ)
• 173 ކިލޯ ހައިޑްރޯ ކޮމްޕްލެކްސް
• 256 ކިލޯ ޕޮޓޭސިއަމް
• 80 ފުޅި އެބަމެކްޓިން (100 އެމް އެލް)

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 12 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގައި މިއިދާރާގައެވެ. އަދި އަންދާސީ ހިސާބުތައް ހުށަހެޅުން އޮންނާނީ 13 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014)ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.