ނަންބަރު(IUL)311/311/2020/22
ތާރީޚް20 ފެބްރުއަރީ 2020
ތާރީޚް ހ26 ޖުމާދުލްއާޚިރާ 1441
މިކައުންސިލުން ރަށުގެ ލޮބުވެތި ރައްޔިތުންނާއި ބައްދަލު ކުރުމަށް 22 ފެބްރުއަރީ 2020 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ބައްދަލުވުން ފަސް ކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މިބައްދަލުވުން ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ 25 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހުގެ ރޭގަނޑު 8:45 ގައި މިރަށު ދަތުރުވެރިންގެ ހިޔާގައެވެ.
ވީމާ، މިބައްދަލުވުމުގައި ދެޖިންސްގެ ވާހާގިނަ ރައްޔިތުން ބައިވެރިވެ ވަޑައިގެންދެއްވުން އެދި ދަޢުވަތު އަރުވަމެވެ. މިޖަލްސާގެ އެޖެންޑާ ތިރީގައި އެވަނީއެވެ.
1. 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހިއްސާކުރުން
2. 2019 ވަނަ އަހަރުގެ މާލީ ރިޕޯޓް ހިއްސާކުރުން
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

