އޮންލައިން ހިދުމަތްތައް

ވޭޖު / ކޮންޓްރެކްޓް އުޞޫލުން މިސްކިތު މަސައްކަތު ވަޒީފާ އަދާ ކޮށްދޭނެ ފަރާތް ހޯދުން

14 ޖުލައި 2020އިޢުލާން
ނަންބަރު(IUL)311/311/2020/43
ތާރީޚް14 ޖުލައި 2020
ތާރީޚް ހ23 ޛުލްޤައިދާ 1441

މިރަށު ހުކުރު މިސްކިތުގެ މަސައްކަތު މީހުން ޗުއްޓީ އާއި ސަލާމް ނުވަތަ އެހެނިހެން ބޭނުންތަކުގައި ވަޒީފާގެ މަޝްޢޫލިއްޔަތުން ދުރުގައި ހުންނަ ދުވަސްތަކުގައި މަސައްކަތު މީހުންގެ މަސައްކަތް އަދާކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެއެވެ. މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން މަސައްކަތައް އެކަށީގެންވާ ފަރާތްތައް ހޮވުމަށްފަހު ލިސްޓްކުރެވޭ ތަރުތީބުން ފުރުޞަތު ދެމުންގެންދެވޭނެއެވެ. ވަގުތީގޮތުން މިސްކިތް ބަލަހައްޓާ ފަރާތެއްނަމަ ކޮންމެ ނަމާދު ވަގުތަކަށް 45 ރުފިޔާ ލިބޭނެއެވެ. އަދި މަސައްކަތު މީހެއްގެ މަޝްޢޫލިއްޔަތު އަދާކުރުމަށް ހުށަހަޅާ ފަރާތްތަކަކީ މިސްކިތް ފޮޅާ ސާފުކޮށް ބެލެހެއްޓޭވަރުގެ މީހަކަށްވާންޖެހޭނެއެވެ. އަދި ސިވިލް ސަރވިސް މުވައްޒަފުން މިސްކިތުގައި މަސައްކަތް ކުރައްވާ ދުވަސްތަކަށް ދުވާލަކަށް ދެމުންއައި -/100 ރުފިޔާގެ ބަދަލުގައި ފައިސާ ދެވޭނީވެސް މަތީގައިވާ ގޮތަށެވެ.

ވީމާ، މިކަމަށް އެދޭފަރާތްތަކުން 23 ޖުލައި 2020 ބުރާސްފަތި ދުވަހުގެ 13:00 ގެކުރިން ސިޓީއަކުން އެކަން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.