އޮންލައިން ހިދުމަތްތައް

ފައިނު ކައުންސިލްގެ 2 ވަނަ ޤުރްއާން މުބާރާތް ބާއްވައިފި

27 ޑިސެމްބަރ 2020ހަރަކާތްތައްޚަބަރު
ފައިނު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދާ ޤުރްއާން ކިޔެވުމުގެ މުބާރާތް ފަށައިފިއެވެ. މިއަދު ހެނދުނު 9:00 ގައި ފެށި މުބާރާތުގައި ޖުމުލަ 64 ފަރާތަކުން ބައިވެރިވެފައިވެއެވެ. މި މުބާރާތަކީ ފައިނު ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ތަޖުވީދު މަގުން ރީތިކޮށް ޤުރްއާން ކިޔަވާ ރައްޔިތުންތަކެއް އުފެއްދުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދާ މުބާރާތެކެވެ. މި މުބާރާތަކީ ފާއިތުވި އަހަރު ފައިނު ކައުންސިލުން މުޅިން އަލަށް ފެށި މުބާރާތެކެވެ.