ނަންބަރު(IUL)311/311/2020/3
ތާރީޚް12 ޖަނަަވަރީ 2021
ތާރީޚް ހ28 ޖުމާދުލްޢޫލާ 1442
މިރަށުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށާއި ދަނޑުވެރިކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، 10 ދުވަހުގެ, ގޯތި ތެރޭގައި ގަސް އިންދާ ހައްދަން ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމެއް 21 ޖަނަވަރީ 2021 އިން 01 ފެބްރުއަރީ 2021 އަށް ކައުންސިލާ ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ އިން ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިޕްރޮގްރާމްގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 14 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން މިއިދާރާއަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި ނަންނޯޓް ކުރެއްވުމަށް ދުރުވާއިރު އައިޑީ ކާޑްގެ ކޮޕީއެއް މިއިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ.
