ނަންބަރު(IUL)311/311/2021/21
ތާރީޚް11 މާރޗް 2021
ތާރީޚް ހ27 ރަޖަބު 1442
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި ވޯޓް ދިނުމަށްޓަކައި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމަށް ބޭނުންވާ ފަރާތްތަކުގެ ކާޑުތައް މިހިނގާ މާރިޗް މަހުގެ 25 ގެ ކުރިން ހަދަން ހުށަހެޅުއްވުމަށާއި އެތާރީޚުގެ ފަހުން ހަދަން ހުށަހަޅުއްވާ ކާޑުތައް ރަށްރަށަށް ފޮނުވާ ނުލެވިދާނެކަމަށްޓަކައި ވީހާވެސް އަވަހަކަށް ކާޑު ހެއްދުމަށް ހުށަހެޅުއްވުމަށް ޑީ.އެން.އާރުން ވަނީ އަންގަވާފައެވެ.
ވީމާ، މިދުވަސްވަރު ކާޑު ހައްދަވަން ބޭނުންފުޅުވާ ފަރާތްތަކުން ލަސްނުކުރައްވާ 25 މާރޗް 2021 ގެ ކުރިން ކާޑު ހެއްދެވުމަށް ހުށަހެޅުއްވުމަށް ސަމާލުކަން ދެއްވުން އެދެމެވެ.
