އޮންލައިން ހިދުމަތްތައް

ކޮވިޑް19 ޓާސްކްފޯސްގެ ނިންމުންތައް އާންމުކުރުން

26 ޖޫން 2021އިޢުލާން

ރަށުގައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކާ މީހުންގެ ހަރަކާތްތައް ވީހާވެސް މަދުކުރުމަށާއި މީހުން ދިމާވާމިންވަރު މަދުކުރުމަށްޓަކާ 19 ޖޫން 2021 ވަނަ ދުވަހުންފެށިގެން 1 ހަފްތާގެ މުއްދަތަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ތިރީގައިވާ ގޮތުގެމަތިން ބައެއް ބަދަލުތައް 26 ޖޫން 2021 ވާ ހޮނިހިރު ދުވަހުގެ ހަވީރު 6:00 އިން ފެށިގެން ގެނައުމަށް ނިންމައިފީމެވެ.

ކާފިއު ހިންގާ ގަޑި (ރޭގަނޑު 9:00 އިން ފަތިހު 4:00) ފިޔަވައި އެހެން ގަޑިތަކުގައި އެއްގެއެއްގައި ދިރިއުޅޭ ފަރާތްތަކުން އެކުގައި ގެއިން ބޭރަށް ނިކުތުމުގެ ހުއްދަ ދިނުން. މިގޮތަށް ހުއްދަ ދިނުމަށް ނިންމާފައިވަނީ ކޮންމެވެސް ވަރަކަށް ބޭރަށް ނިކުމެ ސާފުވައި ލިބޭ ހިސާބަށް ދިޔުމަކީ ސިއްހީގޮތުންވެސް މުހިއްމުކަމެއް ކަމުގައިވާތީއެވެ. އެހެންކަމުން މިގޮތަށް ނިކުންނަވާ ފަރާތްތަކުން ތިރީގައިމިދަންނަވާ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވަންވާނެއެވެ.

ގެއިން ބޭރަށް އެކުގައި ނިކުމެ އުޅެވޭނީ އެއްގެއެއްގައި އެއްކޮށް ކައިބޮއެ ހަދާ ފަރާތްތަކަށް.

އެހެން ގޭބީސީތަކުގައި ދިރިއުޅޭ ފަރާތްތަކާއި ދިމާނުވާނެގޮތަށް އިޖްތިމާއީ ގައިދުރުކަން ބެހެއްޓުން.

މާސްކް އެޅުން

ވީވަރަކުން ގެއިން ބޭރަށް ނިކުމެ އުޅޭ މިންވަރު މަދުކުރުން.

(ނޯޓް: 1 ވަނަ ނަމްބަރ ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ކަރަންޓީންކުރެވިފައވާ ގޭގޭގެ މީހުންނާއި ހޯމް އައިސޮލޭޝަންގައި ތިއްބެވި ބޭފުޅުން ނުހިމެނޭނެއެވެ.)

ވިޔަފާރިކުރުމަށް އެއްވެސް ފިހާރަޔަކަށް ނުދިއުމާއި ބޭނުންވާ ތަކެތި ކަނޑައެޅިފައިވާ ގަޑިތަކުގައި ފިހާރައިން ޑެލިވަރީ ކުރާގޮތަށް ހަމަޖެއްސުން. މިގޮތުން ޑެލިވަރީކުރާނީ ހެނދުނު 9 ން 11 އަށް އަދި ހަވީރު 4 ން 6 އަށް، ޓާސްކުފޯހުން ކަނޑައަޅާ ފަރާތްތައް.

ވިޔަފާރި ކުރުމުގައި ނަގުދު ފައިސާ ބޭނުންކުރުމުގެ ބަދަލުގައި އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ގެންދިއުން.

ކަރަންޓީނު ކުރެވިފައިވާ ގޭ ތަކުން އުކާލާ ހުރިހާ ބާވަތެއްގެ ކުނިވެސް ޓާސްކްފޯސްގެ ހާއްސަ ހުއްދައެއް ލިބުމަށްފަހު ޓާސްކްފޯސްގެ ބެލުމުގެ ދަށުން އުކާލުން.

ކޮންސްޓްރަކްޝަން މަސައްކަތްކުރާ ފަރާތްތަކުން ގޯތިން ބޭރުގައި އަދި ސައިޓްތަކުގައި މަސައްކަތްކުރާނަމަ ޓާސްކްފޯހުގެ ހާއްސަ ހުއްދައެއް ނެގުން އަދި ހުއްދައިގެ ދަށުން މަސައްކަތްކުރުމުގައި އެއްވެސް މީހަކާއި ދިމާނުވާނެކަން ކަށަވަރުކޮށް ގެއިން ސައިޓަށް އަދި ސައިޓުން ގެއަށް ދިއުން.

ރަށަށް ގެނެވޭ އަދި ބޭރުކުރެވޭ މުދަލާއި ކާބޯ ތަކެތި އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ޓާސްކްފޯހުގެ ހުއްދަ ހޯދުން އަދި ޓާސްކްފޯހުން ހުއްދަދޭ ފަރާތްތަކުން އެކަނި އެކަން ކުރުން.

މިދުވަސްވަރު އެއްރަށުން އަނެއްރަށަށް މުދާ ފޮނުވުމުގައި ވީހާވެސް ބޮޑަށް ސަމާލުވެ ކޮންމެހެން ބޭނުންވާ ޒަރޫރީ ތަކެތި ފިޔަވާ އެހެން ބާވަތްތައް ނުފޮނުވުން އަދި ނުގެނައުން.

ރަށުގައި ވައިފައި، ޓީވީ ފަދަ ޚިދުމަތްދޭ ތަންތަނުން ގޯތިންބޭރުގައި އެއްވެސް ކަމެއްކުރާނަމަ ޓާސްކްފޯހުގެ ހުއްދަ ނަގައިގެން ކުރުން.

ޑިއުޓީ ބަހައިގެން ވަޒީފާ އަދާކުރާ ފަރާތްތަކުން ގެއިންބޭރުގައި އުޅޭނަމަ އެފަދަ ފަރާތެއްކަން އެނގޭނެ ކާޑެއް ނުވަތަ ޔުނީފޯމެއް ބޭނުންކުރުން ނުވަތަ ޓާސްކްފޯހުގެ ހުއްދަހޯދުން.

އެއްގެއެއްގައި ދިރިއުޅޭ ފަރާތްތަކުން ނޫނީ އެއް އުޅަނދެއްގައި ވަދުއެޅުމަށް ނުވަތަ މަސްވެރިކަމަށް ނުދިއުން. އަދި މިފަދަކަމަކަށް ނިކުތުމުގެ ކުރިން ޓާސްކްފޯހުގެ ހުއްދަހޯދުން.

މި ފިޔަވަޅުތައް 7 ދުވަސްފަހުން ރިވިއުކުރުން.

(ސިއްހީ މަރުކަޒާއި ބޭސްފިހާރައިގެ މުވައްޒަފުންނާއި ޓާސްކްފޯހުން ދޫކުރާ ފާސް އަޅައިގެން އުޅޭ މީހުން މަތީގައިވާ ފިޔަވަޅުތަކުން އިސްތިސްނާ ވެގެންވެއެވެ.)

މިނިންމުންތަކާއި ގުޅިގެން ގުޅަންޖެހޭ ފަރާތްތަކުގެ މަޢުލޫމާތު:

ސިއްޙީ ކުއްލި ހާލަތްތަކާއި ކޮންޓެކްޓް ޓްރޭސިންގް: އިބްރާޙިމް ސިޔާމް 7905100 / މޫސާ ޢުމަރު މަނިކު 7902212

ޑެލިވަރީ އަދި ވިޔަފާރިއާއި ގުޅޭ: މުޙައްމަދު ފައިސަލް 9729933 / އަޙުމަދު ވަޙީދު 7500320

ދަތުރު ހުއްދައާއި ކަރަންޓީންގެ ކަންކަން: އާމިނަތު ވަސީމާ 7515969 / މޫސާ ޢުމަރު މަނިކު 7902212

މަސައްކަތު ހުއްދަ: އިބްރާޙިމް ޢުމަރު 7906620 / ޙަސަން ވަޙީދު 7651794