އޮންލައިން ހިދުމަތްތައް

ދިގު މުއްދަތަށް ދަނޑުވެރިކަން ކުރުމަށް ދަނޑުބިމަށް އެދުމުގެ ފުރުސަތު ހުޅުވާލުން

5 އޯގަސްޓް 2021އިޢުލާން
ނަންބަރު(IUL)311/311/2021/47
ތާރީޚް05 ޖުލައި 2021
ތާރީޚް ހ27 ޛުލްހިއްޖާ 1442
ގުޅުންހުރި ފައިލްރ. ފައިނުން ދިގު މުއްދަތަށް ދަނޑުބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމުގެ އުސޫލު

ދިގުމުއްދަތަށް ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ޑްރިޕް އިރިގޭޝަން ޕްރޮޖެކްޓްގެ ދަށުން ތަރައްޤީކުރެވިފައިވާ ދަނޑުބިންތައް ހިމެނޭގޮތަށް، ސޯސަންމަގުގައި ދަނޑުވެރިކަން ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން 30 ދަނޑުބިން ދޫކުރާގޮތަށްވަނީ ހަމަޖެހިފައެވެ. ދަނޑުބިން ދޫކުރާނީ "ރ.ފައިނުން ދިގުމުއްދަތަށް ދަނޑުބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމުގެ އުޞޫލު" އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ވީމާ، ދިގުމުއްދަތަށް ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކުން ދަނޑުބިމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 19 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ދަނޑުބިމަށް އެދޭ ފޯމް މިއަދުން ފެށިގެން މިއިދާރާއިންނާއި އިދާރާގެ ވެބްސައިޓުން ލިބެން ހުންނާއެވެ.

މިހެންވެ މިކަން އާންމުކޮށް އިޢުލާން ކުރީމެވެ.