އޮންލައިން ހިދުމަތްތައް

ބަނދަރުގައި މަސްކަނޑާތަނެއް ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެ

18 ނޮވެމްބަރ 2021އިޢުލާން
ނަންބަރު(IUL)311/311/2021/63
ތާރީޚް17 ނޮވެމްބަރ 2021
ތާރީޚް ހ63 ރަބީޢުލްއާޙިރު 1443

މިއިދާރާއިން ދައްކާ ނަމޫނާއަކާއި އެއްގޮތަށް މިރަށު ބަނދަރުމަތީ މަސްކަނޑާނެތަނެއް ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 24 ނޮވެމްބަރ 2021 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގައި މިއިދާރާގައެވެ. އަދި އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 29 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ.

މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.