ނަންބަރު(IUL)311/311/2021/87
ތާރީޚް22 ޑިސެންބަރު 2021
ތާރީޚް ހ18 ޖުމާދުލްއޫލާ 1443
1442 ވަނަ އަހަރުގެ ފިޠުރުޒަކާތް ބެހުމަށްޓަކައި މުޅި ރާއްޖޭގެ ފަޤީރުންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތްތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން އެކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު 02 ޖެނުއަރީ 2021 އިން 20 ޖެނުއަރީ 2022 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. ފަޤީރުންނާއި މިސްކީނުންގެގޮތުގައި ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މިއިދާރާއިން ލިބެންހުންނާނެއެވެ.
ވީމާ، ފަޤީރުންނާއި މިސްކީނުންގެގޮތުގައި ރަޖިސްޓްރީ ކުރުމަށް އެދިލައްވާ ފަރާތްތަކުން މިކަމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.
