އޮންލައިން ހިދުމަތްތައް

ތަރައްގީގެ ޕްލޭނާއި ލޭންޑްޔޫސް ޕްލޭން ހިއްސާ ކުރުމަށް ބައްދަލުވުމެއް ބާއްވައިފި

12 ޑިސެމްބަރ 2021ހަރަކާތްތައްޚަބަރު

ކުރިޔަށް އޮތް 5 އަހަރަށް ތައްޔާރުކުރާ ރަށު ތަރައްގީގެ ޕްލޭނާއި ދިގު މުއްދަތަށް ތައްޔާރުކުރާ ލޭންޑްޔޫސް ޕްލޭން ރައްޔިތުންނާ ހިއްސާ ކުރުމަށް ފައިނު ކައުންސިލުން ރައްޔިތުންނާ ބައްދަލު ކޮށްފިއެެވެ.

028 ނޮވެންބަރުގައި ފައިނު ދަތުރުވެރިންގެ ހިޔާގައި ބޭއްވި މި ބައްދަލުވުމުގައި، ރަށު ތަރައްގީގެ ޕްލޭންގެ ހުލާސާ ޕްރެޒެންޓޭޝަނެއް ދެއްކުން އޮތެވެ. އެއަށްފަހު އެ ޕްލޭނަށް އެއްވެސް ހިޔާލެއް އޮތްނަމަ އެ ސުވާލެއް ކުރުމަށް ކައުންސިލުން ފުރުސަތު ހުޅުވާލިއެވެ.

އެ ބައްދަލުވުމުގައި، ރަށުގެ ލޭންޑްޔޫސް ޕްލޭނަށް ހުށަހެޅިފައިވާ އިސްލާހުތައް ރައްޔިތުންނާ ހިއްސާ ކުރުންވެސް އޮތެވެ. އެގޮތުން ކައުންސިލުން ގެންނަން ބޭނުންވާ ބަދަލުތަކާ ރައްޔިތުންގެ އެކި ބައްދަލުވުންތަކާ ޕްލޭނިން ކޮމެޓީން ހުށަހަޅާފައިވާ އިސްލާހްތައް ހިއްސާ ކޮށްފައިވެއެވެ.