އޮންލައިން ހިދުމަތްތައް

މޫސުމީ ދަނޑުބިމަށް އެދުމުގެ ފުރުޞަތު ހުޅުވާލުން

26 ޑިސެމްބަރ 2021އިޢުލާން
ނަންބަރު(IUL)311/311/2021/92
ތާރީޚް26 ޑިސެންބަރު 2021
ތާރީޚް ހ22 ޖުމާދުލްއޫލާ 1443

އެހެން އަހަރު ތަކެކޭވެސް އެއްފަދައިން މިއަހަރުވެސް މިރަށުން މޫސުމީ ދަނޑުވެރިކަން ކުރުމަށް ދަނޑުބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރުވެސް ދަނޑު ދޫކުރުމުގެ މަސައްކަތް ކުރެވެމުންދާނީ ދަނޑުބިން ދޫކުރުމުގެ އުޞޫލާއި އެއްގޮތަށް އެކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން ޕޮއިންޓް ލިބޭ ގޮތަށް ބަލައިގެނެވެ. އަދި ދަނޑު ދޫކުރުމަށް ހަމަޖެހިފައިވަނީ ސޯސަންމަގުގެ ދެކުނުން 24 ދަނޑާއި އަޙްމަދުފުޅު ކޮށިމަގުން 45 ދަނޑެވެ.

ވީމާ، ދަނޑުހެއްދުމަށް ބޭނުންވެލައްވާ ފަރާތްތަކުން ދަނޑުބިމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 30 ޑިސެމްބަރ 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މިފޯމް ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. އަދި ކައުންސިލްގެ އިދާރާގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ފޯމް ހުށަހެޅުމުގެ ފުރުޞަތުވެސްވަނީ ހުޅުވާލެވިފައެވެ.

އޮންލައިކޮށް ފޯމް ހުށަހެޅުއްވުމަށް https://www.fainucouncil.gov.mv/p/dhandubimahedheyform.html ޒިޔާރަތް ކުރެއްވުން އެދެމެވެ.