ނިންމިގޮތް: އާއްމުންނަށް ދިގުމުއްދަތަށް ދަނޑުބިން ދޫކުރުމަށް ހުޅުވާލާ ފުރުސަތުގައި ދިގުމުއްދަތަށް މާކްސް ޕޮއިންޓްދޭއިރު، ދަނޑުބިން ދޫކުރުމުގެ ޕޮއިންޓް ޕޮއިންޓް ދިނުމުގެ އުޞޫލުގެ 3ވަނަ ބައި، "ދިގުމުއްދަތަށް ދަނޑުވެރިކަންކުރުމަށް ރާވާ ކަންކަން" އުނިކުރުމަށާއި، ޝަރުތު ހަމަވުންކަމުގައި ބަލާނީ "މިރަށު ރައްވެއްސަކަށްވުމާއެކު އުމުރުން 18-65 އަހަރާއިދެމެދު މީހެއްކަމުގައިވާނަމަ" މިގޮތަށް ދަނޑުބިން ދޫކުރުމުގެ ޕޮއިންޓްދިނުމުގެ އުޞޫލު އިސްލާހުކޮށް، ދިގުމުއްދަތަށް ދަނޑުވެރިކަން ކުރުމަށް ދޫކުރާ ދަނޑުތަކުގެ ތެރެއިން މިހާތަނަށް ދޫނުކުރެވިވާ ދަނޑުބިންތައް ދޫކުރުމަށް އިޢުލާންކުރުމަށް ނިންމުން.ޖަލްސާގެ ނަންބަރު: 26 ވަނަ ދައުރުގެ 4 ވަނަ ޖަލްސާ
ތާރީޚް: 17 ނޮވެމްބަރ 2021
ވޯޓް ދެއްވި ގޮތް:
ކައުންސިލްގެ ރައީސް މޫސާ ޢުމަރު މަނިކު - ފެންނަ
ކައުންސިލްގެ ނާއިބު ރައީސް މުޙައްމަދު ފައިސަލް - ފެންނަ
ކައުންސިލަރ ޙަސަން ވަޙީދު - ފެންނަ
ކައުންސިލަރ އާމިނަތު ސިޒްނާ- ފެންނަ
ކައުންސިލަރ އާސިމާ އިބްރާހީމް މަނިކު- ފެންނަ
ގުޅުންހުރި ފައިލް: -
