އޮންލައިން ހިދުމަތްތައް

ކައުންސިލްގެ 4 ވަނަ ދަޢުރުގެ 2021 ވަނަ އަހަރުގެ 64 ވަނަ ނިންމުން

19 ޖެނުއަރީ 2022ނިންމުންތައް
ނިންމިގޮތް: 3ވަނަ ދައުރުގެ ކައުންސިލުން ފާސްކޮށްފައިވާ ލޭންޑްޔޫސް ޕްލޭން ރިވިއުކުރުމުގެ މަރުހަލާގައި ފާހަގަކުރެވުނު ތިރީގައިވާ ކަންކަން ހިމަނާ ލޭންޑްޔޫސް ޕްލޭނަށް އެބަދަލުތައް ގެނައުމަށް ނިންމުން

15.7 ނޮންރިސިޑެންޝަލް އޭރިއާއެއްގެ ގޮތުގައި ކަނޑައެޅުން (ފޭސްގެ ހުޅަނގަށް އޮތް ބިން)

ތެޔޮ ވިއްކުމަށް ހަމަޖައްސާފައިވާ ބިން އައިސްޕްލާންޓް އަޅާ ބިމާއި ބަދަލުކުރުން

ފެރީ ޓާމިނަލް ބަނދަރުގެ އިރުމަތީކޮޅުން ނަގާ، ބަނދަރު ބޮޑުކުރަން އެތަން ހުސްކޮށް ބޭއްވުމަށް އަދި ފެރީ ޓާމިނަލްގެ ބޭނުން ދަތުރުވެރިންގެ ހިޔާއަށް ބައެއް އިތުރުކޮށްގެން ހިފޭނޭގޮތް ހެދުން

ކުލަބުގެ އުތުރުފަޅީގައި އޮތް ބިންތައް ކުލަބުގޭގެ އިރުމަތީފަޅިއަށް ބަދަލުކުރުން

އެންމެފަހުން ގޯތި ދޫކުރި ބްލޮކުގެ އިރުމަތިން ގޯތިދޫކުރަން އޮތްތަން ގޯތި ދޫނުކުރާގޮތަށް ހުސްކޮށް ބޭއްވުން

އިދާރާތައް ސްކޫލުގެ ބިއްދޮށަށް ބަދަލުކުރުން އަދި އެތަނުގައި އުތުރުމަގު ހުޅުވާލުން.

ބައު އިންޖީނު ގޭގެ ބައި ސްކޫލަށް އިތުރުކޮށްދިނުން

އިޖުތިމާޢީ މަރުކަޒެއް އެޅުމަށް ސްޕޯޓްސް އެރީނާ ސަރަހައްދުން ބިމެއް ހަމަޖެއްސުން

ޓޫރިޒަމް ޒޯން ރަށުގެ ހުޅަނގު ދެކުނު ކަނަށް ބަދަލުކުރުމަށް އަދި އިތުރު ޓޫރިޒަމް ޒޯނެއް ރަށުގެ އިރު ދެކުނުން ހަމަޖެއްސުމަށް .

ގެރިބަކަރި ގެންގުޅެން ޚާއްޞަ ސަރަހައްދު ކުނިކޮށި ކައިރި ސަރަހައްދަށް ބަދަލުކުރުން

ދަނޑު ދޫކުރާ ސަރަހައްދު ހުޅަނގަށް ޖެއްސުމަށްފަހު ސްޕޯޓްސް އެރީނާގެ ހުޅަނގުން ގޯތި ދޫކުރެވޭގޮތަށް ރެސިޑެންޝިއަލް ބްލޮކް އިތުރުކުރުން

ބަނދަރުމަތީ އިދާރާތައް އަޅާން ހަމަޖައްސާފައިވާ ބިން ނޮން ރެސިޑެންޝިއަލް ބިމެއް ގޮތުގައި ހަމަޖެއްސުން

ފެނަކަ އާ އިމާރާތުގެ ކުރިމަތިން ޕާކެއް ތަރައްޤީކުރުމަށް ބިން ހަމަޖެއްސުން

ދޯނި އެހެލާ ސަރަހައްދުގެ ގޮތުގައި ފާހަގަކޮށްފައިވާ ސަރަހައްދަށް އިރުމައްޗަށް ޖެއްސުން

ޖަލްސާގެ ނަންބަރު: 28 ވަނަ ދައުރުގެ 4 ވަނަ ޖަލްސާ

ތާރީޚް: 30 ނޮވެމްބަރ 2021

ވޯޓް ދެއްވި ގޮތް:
ކައުންސިލްގެ ރައީސް މޫސާ ޢުމަރު މަނިކު - ފެންނަ
ކައުންސިލްގެ ނާއިބު ރައީސް މުޙައްމަދު ފައިސަލް - ފެންނަ
ކައުންސިލަރ ޙަސަން ވަޙީދު - ފެންނަ
ކައުންސިލަރ އާމިނަތު ސިޒްނާ- ފެންނަ
ކައުންސިލަރ އާސިމާ އިބްރާހީމް މަނިކު- ފެންނަ

ގުޅުންހުރި ފައިލް: -