އޮންލައިން ހިދުމަތްތައް

ކައުންސިލްގެ 4 ވަނަ ދަޢުރުގެ 2022 ވަނަ އަހަރުގެ 2 ވަނަ ނިންމުން

19 ޖެނުއަރީ 2022ނިންމުންތައް
ނިންމިގޮތް: ކޮވިޑް-19ގެ ސަބަބުން މިރަށް މޮނިޓަރިންއަށް ލުމާއިގުޅިގެން ރައްޔިތުންނަށް އެހީވުމުގެ ގޮތުން ރ.ފައިނު ކުންނާރުމާގޭގެ އާއިލާއިން ދީފައިވާ އެހީގެ ފައިސާ، 15000ރ. (ފަނަރަހާސް ރުފިޔާ)، އެދުވަސްވަރު އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތައް ދެނެގަތުމަށް މިއިދާރާއިން ކުރި އިޢުލާނާއިގުޅިގެން ނަން ނޯޓްކުރައްވާފައިވާ ފަރާތްތަކުގެ ތެރެއިން ކައުންސިލަށް ލަފާދޭ ކޮމެޓީއިން އެހީ ދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް އެފައިސާ އެއްވަރަށް ބަހާލުމުން ޖެހޭ އަދަދު އެފަރާތްތަކަށް ހަވާލުކުރުމަށް ނިންމުން.
ޖަލްސާގެ ނަންބަރު: 33 ވަނަ ދައުރުގެ 4 ވަނަ ޖަލްސާ

ތާރީޚް: 09 ޖަނަވަރީ 2022

ވޯޓް ދެއްވި ގޮތް:
ކައުންސިލްގެ ރައީސް މޫސާ ޢުމަރު މަނިކު - ފެންނަ
ކައުންސިލްގެ ނާއިބު ރައީސް މުޙައްމަދު ފައިސަލް - ފެންނަ
ކައުންސިލަރ ޙަސަން ވަޙީދު - ފެންނަ
ކައުންސިލަރ އާމިނަތު ސިޒްނާ- ފެންނަ
ކައުންސިލަރ އާސިމާ އިބްރާހީމް މަނިކު- އަހަރީ ޗުއްޓީގައި

ގުޅުންހުރި ފައިލް: -