އޮންލައިން ހިދުމަތްތައް

ކައުންސިލްގެ 4 ވަނަ ދަޢުރުގެ 2022 ވަނަ އަހަރުގެ 5 ވަނަ ނިންމުން

19 ޖެނުއަރީ 2022ނިންމުންތައް
ނިންމިގޮތް: ދައުލަތުން ބްލޮކް ގްރާންޓެއްގެ ގޮތުގައި މިކައުންސިލަށް ދެއްވި 3924201.00ރ (ތިންމިލިއަން ނުވަލައްކަ ސައުވިސްހާސް ދުއިސައްތަ އެއްރުފިޔާގެ ތެރެއިން 5%އަށްވާ 196210.05 (އެއްލައްކަ ނުވަދިހަ ހަހާސް ދުއިސައްތަ ދިހަ ރުފިޔާ ފަސްލާރި) އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ހަރަކަތްތަކަށް ކަނޑައެޅުމާއިއެކު 2022 ވަނަ އަހަރު ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބޭނޭކަމަށް އަންދާޒާ ކުރެވިފައިވާ (މިފައިސާގެ ތެރޭގައި ފާއިތުވި އަހަރުތަކުގައި އާމްދަނީގެ ގޮތުގައި ލިބިފައިވާ ފައިސާ ހިމެނޭނެއެވެ) 5133644.16ރ. (ފަސްމިލިއަން އެއްލައްކަ ތިރީސްތިންހާސް ހަސަތޭކަ ސާޅިސް ހަތަރުރުފިޔާ) ގެ5% އަށްވާ 256682.21 (ދެލައްކަ ފަންސާސްހަހާސް ހަސަތޭކަ އަށްޑިހަ ދެރުފިޔާ އެކާވިސްލާރި)، 2023 ވަނަ އަހަރުގެ އެކިއެކި ހަރަކާތްތައް ހިންގުމަށް ރިޒާވްކުރުމާއިއެކު 3ވަނަ ފަރާތުގެ ފައިސާގެ ގޮތުގައި ލިބޭނޭކަމަށް އަންދާޒާކުރެވިފައިވާ 1041132.00 (އެއްމިލިއަން ސާޅިސްއެއްހާސް އެއްސަތޭކަ ބައްތިރީސް ރުފިޔާ) އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާކޮމެޓީގެ ހަރަކާތްތަކުން ލިބޭނޭކަމަށް ލަފާކުރާ 55000ރ. (ފަންސާސްފަސްހާސް ރުފިޔާ) އާއިއެކު މުޅިޖުމުލަ.10153977.16 (ދިހަމިލިއަން އެއްލައްކަ ފަންސާސް ތިންހާސް ނުވަސަތޭކަ ހަތްދިހަ ހަތްރުފިޔާ / ސޯޅަލާރި) 2022ވަނަ އަހަރުގެ ކައުންސިލްގެ ބަޖެޓްގެ ގޮތުގައި ކަނޑައެޅުމަށް ފާސްކުރުން.
ޖަލްސާގެ ނަންބަރު: 34 ވަނަ ދައުރުގެ 4 ވަނަ ޖަލްސާ

ތާރީޚް: 14 ޖަނަވަރީ 2022

ވޯޓް ދެއްވި ގޮތް:
ކައުންސިލްގެ ރައީސް މޫސާ ޢުމަރު މަނިކު - ފެންނަ
ކައުންސިލްގެ ނާއިބު ރައީސް މުޙައްމަދު ފައިސަލް - ފެންނަ
ކައުންސިލަރ ޙަސަން ވަޙީދު - ފެންނަ
ކައުންސިލަރ އާމިނަތު ސިޒްނާ- ފެންނަ
ކައުންސިލަރ އާސިމާ އިބްރާހީމް މަނިކު- ފެންނަ

ގުޅުންހުރި ފައިލް: -