ނަންބަރު(IUL)311/311/2022/38
ތާރީޚް23 އޯގަސްޓް 2022
ތާރީޚް ހ25 މުޙައްރަމް 1443
ރަށުގެ އެކިއެކި ސަރަޙައްދުތަކަށް ކުނި އެޅުމާއި، އަދި ބައެއް ފަޅު ގޯތިތައް ކުނިކަހާ ސާފުކޮށް ބަލަހައްޓަމުން ނުގެންދާކަން ވަނީ ކައުންސިލަށް ފާހަގަކުރެވިފައެވެ. މިފަދަ ގޯތިތައް ސާފުކޮށް ބެލެހެއްޓުމަކީ ގޯތިތަކުގެ ވެރިންގެ ޒިންމާއެކެވެ. އަދި މިކަމަކީ ރަށުގެ ސާފުތާހިރުކަމަށާއި ރަށުގެ ރައްޔިތުންނާއި ރަށަށް ދުރުވާ އެކިފަރާތްތަކަށް ރަށަކީ ސާފުތާހިރު ރަށެއްގެގޮތުގައި ބޭއްވުމަށް ކުރެވިދާނެ މުހިއްމު ކަމެއްކަމުގައި ދެކެމެވެ.
ވީމާ، މިކަމަން ޙާއްޞަ ސަމާލުކަމެއް ދެއްވާ، ރަށް ސާފުތާހިރުކޮށް ބޭއްވުމަށް ރަށުގެ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ދެއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.
