އޮންލައިން ހިދުމަތްތައް

މިއިދާރާގެ ބެލުމުގެ ދަށުގައިހުރި ބައެއް ތަކެތި ނީލަން ކިޔުން

6 ޑިސެމްބަރ 2022އިޢުލާން
ނަންބަރު(IUL)311/311/2022/72
ތާރީޚް06 ޑިސެންބަރު 2022
ތާރީޚް ހ13 ޖުމާދުލްއޫލާ 1444

މިކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތިރީގައިމިދަންނަވާ ބައެއް ތަކެތީގެ ނީލަންކިޔުން 13 ޑިސެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 10:00 ގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

1. 10 ރުއް (އަލަށް ކޮށި މަގުން ނެގި ބައެއް ރުއްތައް ބައެއް ސްކޫލް ހޯލުން ނެގި ރުއްތައް)
2. 2 މިދިލިގަސް (އަލަށް ކޮށި މަގުން ނެގި)
3. 2 މޫނިމާގަސް(އަލަށް ކޮށި މަގުން ނެގި)
4. 01 ހިރުދުގަސް (ސްކޫލް ހޯލުން ނެގި)

ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެދުވަހުގެ އެގަޑިޔަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުވުން އެދެމެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ. އަދި ނީލަމުން މުދާ ނަންގަވާ ފަރާތްތަކުން ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި އެތަކެއްޗަށް ފައިސާ ދެއްކެވުމަށްފަހު އެތަނުން ގެންދަވަންވާނެއެވެ.