އޮންލައިން ހިދުމަތްތައް

ޙާފިޡުގެ ހުރުމާއި، ކެއުން ހަމަޖައްސައިދޭނޭ ފަރާތެއް ހޯދުމާއި ބެހޭ

1 މާރޗް 2023
ނަންބަރު(IUL)311/311/2023/30
ތާރީޚް01 މާރިޗު 2023
ތާރީޚް ހ09 ޝަޢުބާން 1444

1444 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު ހުކުރު މިސްކިތުގައި ޙިފުޡުކޮށް ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ގެނެއުމަށް ހަމަޖެހިފައިވާ ޙާފިޡު މިރަށުގައި ހުންނަވާ 01 މަސްދުވަހުގެ މުއްދަތަށް ހުރުމާއި، ކެއުމުގެ ކަންތައްތައް ހަމަޖައްސައިދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވިމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އެކަން ކޮށްދެއްވިދާނޭ އަގު 09 މާރިޗު 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 01:00 ގެ ކުރިން މިއިދާރާއަށް ލިޔުމަކުން ހުށަހެޅުއްވުން އެދި ދެންނެވީމެވެ. އަދި މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއދާރާގެ އީމެއިލް fainuoffice@gmail.com މެދުވެރިކޮށް ނުވަތަ މިއިދާރާގެ ނަމްބަރ 6580072 ފޯނާއި ގުޅުއްވުން އެދެމެވެ.