އޮންލައިން ހިދުމަތްތައް

ޙާފިޡުގެ ހުރުމާއި، ކެއުން ހަމަޖައްސައިދޭނޭ ފަރާތެއް ހޯދުމާއި ބެހޭ - 2

11 މާރޗް 2023އިޢުލާން
ނަންބަރު(IUL)311/311/2023/32
ތާރީޚް09 މާރިޗު 2023
ތާރީޚް ހ17 ޝަޢުބާން 1444

1444 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު ހުކުރު މިސްކިތުގައި ޙިފުޡުކޮށް ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ގެނެއުމަށް ހަމަޖެހިފައިވާ ޙާފިޡު މިރަށުގައި ހުންނަވާ 01 މަސްދުވަހުގެ މުއްދަތަށް ހުރުމާއި، ކެއުމުގެ ކަންތައްތައް ހަމަޖައްސައިދޭނޭ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަންބަރު (IUL)311/311/2023/30 އަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. މިއީ މިކަމަށް ކުރެވޭ 2 (ދޭއް) ވަނަ އިޢުލާނެވެ

ވިމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އެކަން ކޮށްދެއްވިދާނޭ އަގު 14 މާރިޗު 2023 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 01:00 ގެ ކުރިން މިއިދާރާއަށް ލިޔުމަކުން ހުށަހެޅުއްވުން އެދި ދެންނެވީމެވެ. އަދި މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއދާރާގެ އީމެއިލް fainuoffice@gmail.com މެދުވެރިކޮށް ނުވަތަ މިއިދާރާގެ ނަމްބަރ 6580072 ފޯނާއި ގުޅުއްވުން އެދެމެވެ.