އޮންލައިން ހިދުމަތްތައް

ދިގުމުއްދަތަށް ދަނޑުވެރިކަން ކުރުމަށް، ދަނޑުބިމަށް އެދުމުގެ ފުރުޞަތު ހުޅުވާލުން

3 އޭޕްރީލް 2023އިޢުލާން
ނަންބަރު(IUL)311/311/2023/41
ތާރީޚް2 އޭޕްރީލް 2023
ތާރީޚް ހ12 ރަމަޟާން 1444
ގުޅުންހުރި ފައިލްއިޢުލާން

ދިގުމުއްދަތަށް ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ޑްރިޕް އިރިގޭޝަން ޕްރޮޖެކްޓްގެ ދަށުން ތަރައްޤީކުރެވިފައިވާ 3 (ތިނެއް) ދަނޑުބިމުގެ އިތުރުން ސޯސަންމަގުގައި ދަނޑުވެރިކަން ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން 5 (ފަހެއް) ދަނޑުބިން، ޖުމުލަ 8 (އަށެއް) ދަނޑުބިން ދޫކުރާގޮތަށްވަނީ ހަމަޖެހިފައެވެ. ދަނޑުބިމުގެ ބޮޑުމިނަކީ 10،000 (ދިހަހާސް) އަކަފޫޓެވެ. ދަނޑުބިން ދޫކުރާނީ "ރ.ފައިނުން ދިގުމުއްދަތަށް ދަނޑުބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމުގެ އުޞޫލު" އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ..

ވީމާ، ދިގުމުއްދަތަށް ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކުން ދަނޑުބިމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 11 އޭޕްރީލް 2023 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ދަނޑުބިމަށް އެދޭ ފޯމް މިއަދުން ފެށިގެން މިއިދާރާއިންނާއި އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އިޢުލާން ކުރީމެވެ.