ފައިނުގައި އަލަށް މީހުން އާބާދުވާ ސަރަހައްދުގައި މަގުބައްތި ޖެހުމުގެ މަސައްކަތް ކައުންސިލުން ކޮށްފިއެވެ.
އަލަށް އާބާދުވާ ސަރަހައްދުތަކުގައި ގޭބިސީތަކަށް ބަދަލުވާ ގޭގޭގެ މީހުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކޮށްދިނުމަކީ ކައުންސިލުން އިސްކަމެއް ދޭކަމެކެވެ. އެގޮތުން، މި އަހަރު ރަމަޟާން މަހާއި ގުޅުވައިގެން އަލަށް ގޭގެއަށް ބަދަލުވި ގޭގޭ ދޮށުގައި އަދި އަލަށް ހެދުނު ރަށުގެ ބޮޑުމަގުގައި ވަނީ ބައްތި ޖެހުމުގެ މަސައްކަތް ކޮށްފައެވެ.
މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ކައުންސިލްގެ މުވައްޒަފުންނާއި އެމްޑަބްލިއުއެސްސީއާއި ފެނަކަ ފައިނު ބްރާންޗްގެ ވެސް އެހީތެރިކަމާއެކުއެވެ.

