އޮންލައިން ހިދުމަތްތައް

ދިގުމުއްދަތަށް ދަނޑުވެރިކަން ކުރުމަށް، ދަނޑުބިން ލިބޭ ފަރާތްތަކުގެ ލިސްޓް އާންމު ކުރުން

10 މޭ 2023އިޢުލާން
ނަންބަރު(IUL)311/311/2023/55
ތާރީޚް9 މެއި 2023
ތާރީޚް ހ19 ޝައްވާލް 1444
ގުޅުންހުރި ފައިލްޝަކުވާ ހުށަހަޅާ ފޯމް

ދިގުމުއްދަތަށް ދަނޑުވެރިކަން ކުރުމަށް، ދަނޑުބިމަށް އެދުމުގެ ފުރުޞަތު ހުޅުވާލާ މިއިދާރާއިން ކުރި ނަމްބަރ (IUL)311/311/2023/41 އިޢުލާނާއިގުޅިގެން އެކަމަށް ކުރިމަތިލެއްވި ފަރާތްތަކަށް ދަނޑުވެރިކަން ކުރުމަށް ދަނޑުބިން ދޫކުރުމުގެ އުޞޫލުގެ ދަށުން ޕޮއިންޓް ލިބުނުގޮތުގެ ޝީޓާއި، ދަނޑުބިން ލިބުނު ފަރާތްތަކުގެ ލިސްޓް މިއިޢުލާނާއިއެކު އާންމު ކުރީމެވެ.

ވީމާ، މިލިސްޓާއިމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، ޝަކުވާ ހުށަހަޅާ ފޯމް މެދުވެރިކޮށް 16 މެއި 2023 ވާ އަންގާރަ ދުވަހުގެ 13.00 ގެ ކުރިން އެޝަކުވާއެއް ހުށަހެޅުއްވުން އެދެމެވެ. ޝަކުވާ ހުށަހަޅާ ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އިޢުލާން ކުރީމެވެ.