ޖަމުޢިއްޔަތު ތަޙްފީޘިލް ޤުރުއާނިލް ކަރީމްއިން ރާއްޖޭގެ ހުރިހައި އަތޮޅަކަށް އަމާޒުކޮށްގެން ސްކޫލް ދަރިވަރުންނަށް ކީރިތި ޤުރުއާން ޙިފްޘްކޮށްދިނުމުގެ ޕްރޮގުރާމެއް ހިންގުމަށް ގަސްތުކުރައްވާ ކަމުގައި އެޖަމުޢިއްޔާއިން ވަނީ އަންގަވާފައެވެ. މިޕްރޮގުރާމް ހިންގުމަށް ހަމަޖެހިފައިވަނީ ކޮންމެ އަތޮޅަކަށް 17 ޖާގަ ދީގެން ކައުންސިލްތަކާއި ގުޅިގެން މި 2023 ވަނަ އަހަރުގެ ޖޫން މަހުގައި ޕްރޮގުރާމް ފެއްޓުމަށް ކަމުގައިވެސް އެޖަމުޢިއްޔާއިން ވަނީ އަންގަވާފައެވެ. ޙިފްޡް ޕްރޮގުރާމްތައް ހިންގނީ ޕާސަނަލް ޑިވޮލޮޕްމަންޓް ބައިތައްވެސް ހިމަނައިގެންކަމުގައިވާތީ މިފަދަ ޕްރޮގުރާމެއް ވެގެންދާނީ ޤުރުއާން ޙިފްޡް ކުރުމަށް ބޭނުންވާ ދަރިވަރުންނަށް ފައިދާހުރި ޕްރޮގުރާމަކަށް ކަމުގައިވެސް އެޖަމުޢިއްޔާއިން ވިދާޅުވެއެވެ.
ވީމާ، ކީރިތި ޤުރުއާން ޙިފްޘްކޮށްދިނުމުގެ މިޕްރޮގުރާމްގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން 20 މޭ 2023 ދުވަހުގެ 13:00 އަށް 7594580 އަށް ގުޅުއްވާ ނަން ނޯޓްކުރެއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
