އޮންލައިން ހިދުމަތްތައް

ބަންޑާރަގޯތި ހޯދުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ޢާންމުކުރުން

31 މޭ 2023އިޢުލާން
ނަންބަރު(IUL)311/311/2023/59
ތާރީޚް59 މެއި 2023
ތާރީޚް ހ12 ޛުލްޤައިދާ 1444
ގުޅުންހުރި ފައިލްގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް

މިރަށުން ދިރިއުޅުމަށްޓަކައި 30 ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލާ މިއިދާރާއިން ކުރި ނަމްބަރ (IUL)311/311/2022/58 އިޢުލާނާއި ގުޅިގެން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ޕޮއިންޓް ޝީޓާއި ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކުރުމަށްފަހު ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ލިބިފައިވާ ޝަކުވާ ފޯމްތަކަށް ބަލާ ގޯތި ލިބޭ މީހުންގެ ލިސްޓް މުރާޖާކޮށް، ދާއިމީ ލިސްޓް ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

ގޯތި ލިބުނު ފަރާތްތަކުގެމެދުގައި ބާއްވާ ގުރުއަތުނެގުން 08 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00 ގައި މިކައުންސިލްގައި އޮންނާނެ ވާހަކަ ދަންނަވަމެވެ.

މިލިސްޓާއި ބެހޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ، ޝަކުވާ ހުށަހަޅާ ފޯމް މެދުވެރިކޮށް 06 ޖޫން 2023 ވާ އަންގާރަދުވަހުގެ 13:00 ކުރިން އެޝަކުވާއެއް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ޝަކުވާ ހުށަހަޅާ ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިއިދާރާގެ ނަމްބަރު 4000311 ފޯނާއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.