އޮންލައިން ހިދުމަތްތައް

ފަޤީރުންނާއި، މިސްކީނުންގެ ދަފުތަރު އެކުލަވާލުމާއި ގުޅޭ

13 ޖޫން 2023އިޢުލާން
ނަންބަރު(IUL)311/311/2023/64
ތާރީޚް12 ޖޫން 2023
ތާރީޚް ހ24 ޛުލްޤައިދާ 1444

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 12 ޖޫން 2023 އިން 22 ޖޫން 2023 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް ހުޅުވާލަމެވެ. ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މިވަގުތު ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން މި ފުރުޞަތުގައި އަލުން ފޯމު ހުށަހަޅަން ނުޖެހޭނެއެވެ. ނަމަވެސް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ޢާއިލާގައި 22 ޖޫން 2023 އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހެއް / މީހުން ހިމެނޭނަމަ އެޢާއިލާއަކުން އަލުން ފޯމް ހުށަހަޅަންޖެހޭނެއެވެ. އަދި ފަޤީރުންނާއި މިސްކީނުންގެގޮތުގައި ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މިއިދާރާއިން ލިބެންހުންނާނެއެވެ.

ވީމާ، ފަޤީރުންނާއި މިސްކީނުންގެގޮތުގައި ރަޖިސްޓްރީ ކުރުމަށް އެދިލައްވާ ފަރާތްތަކުން މިކަމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.